އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެއިރޫތުގަ ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތްދިހައަށަކަށް! އަނިޔާވި މީހުންގެ ޢަދަދު ހަތަރުހާހަށް!

ބެއިރޫތުގަ ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތްދިހައަށަކަށް! އަނިޔާވި މީހުންގެ ޢަދަދު ހަތަރުހާހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ބެއިރޫތުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތްދިހައަށަކަށްއަރައި އަދި އަނިޔާވި މީހުންގެ ޢަދަދު ހަތަރުހާހަށް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާއި ގުޅިގެން މިހާރު ވަނީ 2 ހަފްތާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ގޮވުމުގެ ބޮމުގެ ބާރުގަދަކަމުން ބޭރޫތުން ބޭރު ސަރަހައްދުތަކަށްވެސް ވަނީ ލޮޅުން އަރައިފައެވެ.

ގޮވަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ގޮވާފައިވަނީ އެކިފަހަރުމަތިން އަތުލައިގަނެވިފައިވާ 2750 ޓަނުގެ ގޮވާތަކެއްޗެވެ. މިތަކެތި ނައްތާނުލައި ގުދަންކޮށްފައި ހުންނަތާ 6 އަހަރުވެދާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް