އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިންޑިއާއިން ދޭ ޑޮލަރު ގިނަވަނީ - ޑޮލަރު ނުލިބޭތީ މުދަލުގެ އަގުތައް އުފުލެނީ!

ޢިންޑިއާއިން ދޭ ޑޮލަރު ގިނަވަނީ - ޑޮލަރު ނުލިބޭތީ މުދަލުގެ އަގުތައް އުފުލެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

"އަޅުގަނޑަކީ ވެސް އަސާސީ ކާބޯތަކެތި އެތެރެކުރާ މީހެއް. ބޭންކަކުން ޑޮލަރުއް ނުލިބޭ! 10، 20 އިންސައްތަ ދެނީ! ދެން ޖެހެނީ ބޭރުން ކަޅުބާޒާރުން ގަންނަން! އިއްޔެވެސް އެންމެ 50،000 ޑޮލަރު ހަމަކުރަން ޖެހިގެން އެގޮތް މިގޮތަށް މަސައްކަތްކޮށްގެން ވެސް ހަމައެއް ނުކުރެވުނު! އަގު މިހާރު އުޅެނީ 18.50 އިން ފެށިގެން މަތީގަ. ނަގުދު ޑޮލަރު އުޅެނީ އަދި މާމަތީގަ! މިދައްކަނީ ޗެކުން ގަންނަވާހަކަ! 18.50 އަށް ޗެކް ގަންނަން ވެސް ނުލިބޭ ވާހަކަ!" 

ބާޒާރުގައި ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު އުފުލިފައވާ މައްސަލައިގައި ސުވާލުކުރުމުން ބުނީ: "މިހާރު ޑޮލަރު ގަންނަން މިލިބޭ އަގަށް ބަލައިފިނަމަ މުދަލުގެ އަގު އުފިލަފައެއް ނުވޭ! މާހެޔޮ އަގުގަ އެންމެންވެސް އެ ވިއްކަނީ!"

ރާއްޖޭގެ ފަތުރުވެރިކަމަށް އެރި ލޮޅުމާއިއެކު އިޤްޠިޞާދަށް އެކަމުގެ އަސަރުތަކެއް ކުރާނެކަން އެއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. ސުވާލަކީ އިންޑިއާއިން އަބަދު އޮއްސާ ޑޮލަރުތަކާ އެހެން ޤައުމުތަކުން ލިބޭ ޑޮލަރުކޮޅު އެއްކޮށްލައިގެން ވިޔަފާރިތަކަށް ޙައްޤު މިންވަރު އެބަ ހުރިހާ ވިޔަފާރިވެރިންނަށް ޙިއްޞާކުރެވޭތޯއެވެ؟ އެކަމުގައި ހަމަހަމަ އިންޞާފުވެރި ސިޔާސަތަކަށް އެބަ ޢަމަލުކުރެވޭތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް