އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮކްޑައުންގެ ޙާލަތުގައި އެކި ދުވަސްމަތިން ހާހަކަށްވުރެ ގިނަ ހަދިޔާކޮތަޅު ބެހި 5 އަހަރުގެ ސޯފީ- ގިނަބައަކު ޙައިރާންކުރުވައިފި!

ލޮކްޑައުންގެ ޙާލަތުގައި އެކި ދުވަސްމަތިން ހާހަކަށްވުރެ ގިނަ ހަދިޔާކޮތަޅު ބެހި 5 އަހަރުގެ ސޯފީ- ގިނަބައަކު ޙައިރާންކުރުވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

 

"މަންމާ! ލޮކްޑައުންވެގެން މީހުން ގޭގައި ތިބޭއިރު ވަރަށް ދެރަވާނެނު! އަހަރެން ބޭނުން އެމީހުންނަށް ހަދިޔާދޭން. އެއިރުން އެމީހުން އުފާވާނެނު!" މިއީ ޢުމުރުން އެންމެ 5 އަހަރުގެ ސޯފީ އޭނާގެ މަންމަ ގާތު ބުނި ބަހެވެ. މަންމަ ބުނީ ސޯފީ ގޭގައި ހުރިނަމަވެސް މަންމަ ނުކުމެ އެކަންކލޮށްފާނެ ކަމަށެވެ. ނަމަވެސް ސޯފީ ބޭނުންވީ އަމިއްލައަށް ނުކުމެ އެކަންކުރާށެވެ!

ސޯފީ ވަނީ އެކި ދުވަސްމަތިން މިހައިތަނަށް ހާހަކަށްވުރެ ގިނަ ހަދިޔާ ކޮތަޅު ބަހައިފައެވެ. ބެހީ އަވަށްޓެރިންނަށާއި މަގުމަތީގައި ފްްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. ސޯފީ ބުނަނީ ކޮތަޅު ދިނުމުން އެމީހުންގެ މޫނުން ފެންނަ އުފާވެރިކަމށާއި ހިނިތުންވުން ބޮޑުކަމުން މިއީ ކުރުން ހުއްޓާލާވަރުގެ ކަމެއް ނޫން ކަމަށެވެ.

ތުއްތު ސޯފީއަކީ ގިނަވަގުތު އޭނާގެ މަންމަ ބަލަހައްޓަމުން ގެންދާ ދަރިއެކެވެ. ސޯފީއަށް މިފަދަ ޚިޔާލެއް އައިގޮތް މަންމަ ކިޔައިދިނެވެ. "ސޮފީއަށް އަބަދުވެސް ފެންނާނެ މީހުންނަށް އަހަރެން އެއްޗތިދޭތަން. ގޭގެއަށް ގޮސްގެންވެސް. އަދި ގެއަށް ގެނެސްގެންވެސް މީހުންނަށް އަހރެން އެއްޗެތިދޭތަން!"

މިފަދަ ކަންކަމުން އެނގެނީ މައިންބަފައިންގެ ކިބައިން ފެންނަ ކަންކަން ދަރިން ދަސްކޮށް ކޮޕީކުރާކަމެވެ. ވީމާ ރަނގަޅިު ކަންކަން ދަރިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މައިން ބަފައިން ކުދިންނަށް ދައްކައިގެން ރަނގަޅު ކަންކަން ކުރުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން ސޯފީގެ ކިބައިންވެސް މިވަނީ ފެނިފައެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް