އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންގެ ކަންކަމުގަ އިތުބާރުކުރެވޭނެ މީހަކު ނެތެވެ! އޮތީ ބެލެހެއްޓިވަރެކެވެ!

ދަރިންގެ ކަންކަމުގަ އިތުބާރުކުރެވޭނެ މީހަކު ނެތެވެ! އޮތީ ބެލެހެއްޓިވަރެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު

ކުޑަކުދިންނަށް ކުރިމަތިވަމުން އަންނަ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިފަދަ ކަންކަން އެންމެ ހިނގައިގެން ނުވާނެ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެންމެންހެން އެކަކު އަނެކަކަށް ދަންނާތީއެވެ. މުސްލިމުންކަމުގައިވީތީއެވެ. ﷲ ގެ ޢަޛާބަށް ބިރުވެތިވެގެން ތިބި ބައަކަށްވާތީއެވެ. ނަމަވެސް ކޮންމެ ދުވަހަކުހެން މިދަނީ އެބާވަތުގެ މައްސަލަތައް ރިޕޯޓްކުރެވެމުންނެވެ. 

ދާދިފަހުން އިނގިރޭސިވިލާތުގެ ކޯޓެއްގައި ޝަރީއަތް ހިންގަން ޖެހުނު މައްސަލައަކީ 35 އަހަރުގެ އަންހެން ޓީޗަރަކު (ކައިވެނިކޮށްގެން ހުރި) އޭނާގެ 15 އަހަރުގެ ދަރިވަރަކާއިއެކު ޒިނޭކުރި މައްސަލައެކެވެ. މައްސަލައިގެ ހެކިތައް ވަނީ ދަރިވަރާއި ޓީޗަރުގެ ފޯނުންފެނިފައެވެ. ޓީޗަރު ދަރިވަރު އެކަމަށް ޝައުޤުވެރިކުރުވަން ފޮނުވި އޭނާގެ ބަރަހަނާ ފޮޓޯތައް ވެސް ވަނީ ދަރިވަރުގެ ފޯނުން ފެނިފައެވެ.

ފަނޑިޔާރު ބުނެފައިވަނީ މައްސަލަ ބަލަން އޭނާ ލަދުވެތިވާކަމަށެވެ. ނަމަވެސް ބަލަންޖެހޭ ކޮންމެ މައްސަލައެއްވެސް ޖެހޭނީ ބަލަންކަމެވެ. 

އެނގިގެން މިދަނީ ދަރިންގެ ކަންކަން ގާތުނެ ބެލެހެއްޓުން އިތުރުކުރަންޖެހިފައިވާ ކަމެވެ. ދަރިންގެ އަތުގައި އޮންނަ ފޯނު ބޭނުންކުރާގޮތް ގާތުން ބަލަހައްޓަންޖެހޭ ކަމެވެ. އިތުބާރު ކުރެވޭނެ ހަމައެކަކުވެސް ނެތްކަމެވެ.

ފުލުުހުން ރޭ ބުނެފައިވަނީ ދެކުނު ޕޮލިސް ސްޓޭޝަނުގެ ޞިއްޙީ މަރުކަަޒަކުން ރިޕޯޓްކުރި 5 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކާއި ގުޅިގެން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ދީފައި އޮންނަ މިނިވަންކަމާއިއެކުގައިވެސް މިފަދަ އަމަލުތައްކުރާ މީހުންގެ ފޮޓޯ އާއި ނަމާއި ތަފްޞިލުތައް މީޑިއާގައި ޢާންމުކުރެއެވެ. ރާއްޖޭގައި ޢާންމުރަނީ ޢާންމުކުރަން ފެންނަ މަދު މީހެއްގެ މައުލޫމާތެވެ. ދާދިފަހުން ކައުންސިލަރެއްގެ މައުލޫމާތު ހާމަކުރިކަން ފާހަގަކުރެއެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުގައި އެ ޓީޗަރުގެ ފޮޓޮ އާއި މައުލޫމާތު ޢާންމުކޮށްފައި އެވަނީ ޝަރީޢަތް ނިމިގެނެއް ނޫނެވެ. ޝަރީޢަތް ހިނގަމުންދަނިކޮށެވެ.

ޖިނާޢީ ބޮޑެތި ކުށްތައް ކުރުމުން އެކަންކުރާ މީހުންގެ ފޮޓޯ އާއި މައުލޫމާތު ޢާންމުކުރުމުން ޝަރީޢަތް ކޮންމެ ދުވަހަކު ނިމުނު ނަމަވެސް އެމީހާ އާއިމެދު އިތުރަށް ސަމާލުވުމަށް ރައްޔިތުންނަށް ފުރުޞަތުލިބިގެންދާނެއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް