އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރެޒިލްގަ ޓެސްޓްކުރާ މީހުންގެ ދެބައިކުޅަ އެއްބައި ޕޮޒިޓިވްވާން ފަށައިފި! މިޞުރުގަ ހަފްލާތައް ހުއްދަކުރަނީ!

ބްރެޒިލްގަ ޓެސްޓްކުރާ މީހުންގެ ދެބައިކުޅަ އެއްބައި ޕޮޒިޓިވްވާން ފަށައިފި! މިޞުރުގަ ހަފްލާތައް ހުއްދަކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ކޮރޯނާވައިރަސްއަކީ އެއްވެސް ބައްޔެއް ނޫންކަމަށް ބުނަމުން އައި ބްރެޒިލްގައި ޓެސްޓްކުރާ މީހުންގެ ދެބައިކުޅަައެއްބައި ބައްޔަށް ޕޮޒިޓިވްވާން ފަށައި ބޮޑު ކަންބޮޑުވުމެއްގެ ތެރެއަށް ޤައުމު ވެއްޓިއްޖެއެވެ.

 އެއް ދުވަހާ ޓެސްޓްކުރި 17955 މީހުންގެ ތެރެއިން 9056 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ވީމާ ބަލިން އަރައިގެނެވޭނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. އަދި އެނގިގެންދަނީ ބަލިން އަރައިގަތުމަށް ކުރަންޖެހޭނެ މަސައްކަތުގެ ބޮޑުކަންކަމަށް ޞިއްޙަތާއިބެހޭ މިނިސްތްރީން ވަނީ ބުނެފައެވެ. 

މިޞުރުން ބުނަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 300 މީހުންނަށް ފުރުޞަތުދީގެން ހާމަތަންތަނުގައި ކައިވެނީގެ ހަފްލާތަކާއި ބައްދަލުވުންތައް ބާއްވަން ހުއްދަކުރާނެ ކަމަށެވެ. އަދި 150 މީހުން ބައިވެރިވާ ކޮންފަރެންސްތަކަށާއި ބައްދަލުވުންތަކަށްވެސް ފުރުޞަތު ދޭނެ ކަމަށެވެ. 

މިގޮތުން ހުއްދަދޭން ހަމަޖައްސާފައިވަނީ ސަރުކާރުން ކަނޑައެަޅާފައިވާ ޞިއްހީ މިންގަނޑުތަކަށް ފެތޭ ޓޫރިސްތް ހޮޓާތަކުގައާއި ތަންތަނުގައި ބާއްވާ ކަންކަމަށް ވެސް ބުނެފައިވެއެވެ. 

މިދުވަސްވަރު އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ ކޮރޯނާ ވައިރަސްއިން ސަލާމަތްވާން ބޭނުންކުރާ މާސްކާއި އެނޫންވެސް ތަކެތީގެ ފޭކް ބާވަތްތައް ބާޒާރުތަކުގައި އިތުރުވަމުން އަންނަ ކަމެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދީގެން ތަކެތި ގަތުމަށް ގެންދަނީ އިލްތިމާސްކުރަމުންނެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް