އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ސަތޭކަ ސާޅީސް ހަ ރިސޯޓު ހުޅުވަނީ!

އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ސަތޭކަ ސާޅީސް ހަ ރިސޯޓު ހުޅުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް 146 ރިސޯޓު އަލުން ހުޅުވޭނެ ކަމަށް އުއްމީދުކުރާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވިދާޅުވެއްޖެއެވެ. 

ތޮއްޔިބް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑް މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ. ތޮއްޔިބް ވިދާޅުވީ މިހިނގާ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް އިތުރު 29 ރިސޯޓެއް އަލުން ހުޅުވާނެ ކަމަށާއި، އުއްމީދުކުރަނީ ރާއްޖޭގައި އޮޕަރޭޓްކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓެއް އޮކްޓޫބަރުމަސް ނިމެންވާއިރަށް ހުޅުވުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 20،000 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ އަމާޒަކީ 2021 އަށް ޓޫރިޒަމް އަލުން ކޮޅަށް ޖެހުން ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ