އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގެ ސިޔާސަތަކީ އަމިއްލަ އެދުމާ ސުލްހަވެރި އަދި ހަމަޖެހޭ ޤައުމުތަކުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް: ޗައިނާ

އެމެރިކާގެ ސިޔާސަތަކީ އަމިއްލަ އެދުމާ ސުލްހަވެރި އަދި ހަމަޖެހޭ ޤައުމުތަކުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް: ޗައިނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް ކަމަށް ޗައިނާ އިން ބުނެފިއެވެ. 

ޗައިނާއިން މިމޭރުމުން ބުނެފައިވަނީ ޔަހޫދީންނަށް ހުރިހާ ގޮތަކުން ކުރިއެރުން ހޯދައިދޭން އުޅޭ ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ މުސްލިމުންނަށް ފައިދާހުރި ކަންކަން ކަމުގައި ދުނިޔެއަށް ދެއްކުމަށް އެމެރިކާއިން ކުރިއަށް ގެންދާ ކެންޕޭނުގައި ރާއްޖެ އައި ޕޮމްޕޭގެ ރާއްޖޭގައި ދައްކާ ދޮގުވާހަކަތަކަށް ރައްދުދީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަަސީން މިއަދު ނެރުނު ބަޔާނުގައެވެ.

އެބަޔާން އާންމުކޮށްފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށެވެ. 

ޓުވީޓުގައި ޖަންގް ލިޖޮންގް ވަނީ "މާލެއަށް މިއަދު މޫސުން ވަރަށް ރީތި" ކަމަށް ވިދާޅުވެ މާނަފުން ބަހެއްވެސް ޢާންމުކުރައްވައިފައެވެ. 

އެ ބަޔާނުގައި ވަނީ، ޕޮމްޕޭގެ ދަތުރުގައި ވަރުބަލިކަމެއްނެތި ފެތުރީ ޗައިނާއާބެހޭ ދޮގު ވާހަކަތައް ކަމަށާއި މަސައްކަތް ކުރީ ޗައިނާއާއި ރާއްޖެ ދެމެދު ދޭތެރެޖައްސުމަށް ކަމަށެވެ. 

ބަޔާނުގައި ރާއްޖެއަށް އަމާޒުކޮށް ބުނެފައިވަނީ، ތަރައްގީއާއި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމެއްގެވެސް ހައްގެއް ކަމަށެވެ.

ގައުމުތަކުން އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ވަކިފަރާތަކަށް ޖެހުމަށް ކުދި ގައުމުތަކަށާއި، މެދުފަންތީގެ ގައުމުތަކަށް ޕޮމްޕޭ ފާޅުގައި ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ޗައިނާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއާއި އިންޑިއާ އަދި މިސަރަހައްދުގެ ބައެއް އެހެން ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ އިންޑޯ-ޕެސިފިކް އެލަޔަންސްއަކީ އެކި ގައުމުތަކާއި ބްލޮކްތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި، ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަން އިތުރުކުރަން ކުރާ މަސައްކަތެއް ކަމަށް ޗައިނާ އެމްބަސީން ބުނެފައި ވެއެވެ.

އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ވާހަކަ ޕޮމްޕޭ ވިދާޅުވުމުން އެކަން ވައްތަރީ ޖޯކެއްގެގޮތުގައި ކަމަށްވެސް ބަޔާނުގައި ވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް