އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގަ ބޭސްކުރަން ތިބޭ ދިވެހިންނަށް ފަރުވާކުރަންޖެހޭ މުއްދަތު ޑޮކްޓަރުންނަށް އެންގުމާ ފުލުހުން ޙަވާލުވެއްޖެ!

އިންޑިއާގަ ބޭސްކުރަން ތިބޭ ދިވެހިންނަށް ފަރުވާކުރަންޖެހޭ މުއްދަތު ޑޮކްޓަރުންނަށް އެންގުމާ ފުލުހުން ޙަވާލުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޓްރިވެންޑްރަމްގައި ބޭސްފަރުވާކުރަން ގޮސްތިބޭ ދިވެހިންނަށް ބޭސްކުރެވޭނެ މުއްދަތު ޑޮކްޓަރުންނަށް އެންގުމާއި އިންޑިއާ ފުލުހުން ހަވާލުވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ރާއްޖެއިން ފަރުވާ ލިބެން ނެތް ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދަމުންގެންދާ ދިވެއްސަކު ބުނީ އޭނާގެ ބަލީގެ ގޮތުން ކޮންމެ އަހަރަކުވެސް ޑޮކްޓަރު ލިޔުން ދޫކުރަނީ އިތުރު އެއް އަހަރު ފަރުވާހޯދަން ޖެހޭނެ ކަމަށް ކަމަށެވެ. "މިއީ ރާއްޖެއިން އަދި ފަރުވާ ކުރެވޭ ބައްޔެއް ނޫން. އެހުރިހާ ކަންކަން ޔަޤީންކޮށްފަ ޑޮކްޓަރުން އެގޮތަށް ލިޔުން ދެނީ. ދެން މިހާރު މިވީ ގޮތަކީ ގެތައް ޗެކުކުރަން އަންނަ ފުލުހުން މިދިއައީ ޑޮކްޓަރު ގާތަށް. ގޮސް މިސުވާލުކުރަނީ ކަލޭ ކީއްވެހޭ 1 އަހަރު ދަވަހު ފަރުވާކުރަންޖެހޭނެ ކަމަށް ލިޔުން ދެނީ؟ 3 މަހަށްވުރެ ގިނަ ދުވަހަށް ލިޔުން ދޫކޮށްގެން ނުވާނޭ.!"

"ދެން 3 މަހަށް ދޫކުރީމާ އަބަދު އުޅެންޖެހޭނީ އެލިޔުން ހޯދުމަށާ ވިސާ ޖެއްސުމަށް. މިހާރު އަހަރަކު އެއްފަހަރު ވިސާ ޖައްސަންކުރަންޖެހޭ ޚަރަދާ ދޭންޖެހޭ "އިތުރު ޢިނާޔަތް ދެން ޖެހޭނީ ކޮންމެ 3 މަހުން 3 މަހުން އަހަރަކު ޖުމުލަ 4 ފަހަރު ދޭން" ކަމަށް އޭނާ ބުނެފައިވެއެވެ. 

ބޮޑުތިލަދުންމައްޗާ ދެކުނު މިހާރުވެސް މިފެންނަނީ އިންޑިއާއަށް އަޅުވެތިކުރެވެމުން އަންނަތަނެވެ. މާލޭގައި އިންޑިއާ މީހުންގެ ކަންމަތީ ފިހާރަތައްވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ރާއްޖެއިން ފައިސާ ގެންގޮސްގެން ބޭސްފަރުވާކުރަން އިންޑިޢާގައި ތިބި ދިވެހިން އެގެންދަނީ ގަންހިންގަގުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް