އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯޗްގީޒުން ފޮނުވި އަނދިރިއަނދިރިންނަށް ސަތާރަ އަހަރުން ނުކުރެވުނު މަސައްކަތް މިއަދުގެ އަނދިރިއަނދިރިން މިހާރުވެސްކޮށްފި!

ޕޯޗްގީޒުން ފޮނުވި އަނދިރިއަނދިރިންނަށް ސަތާރަ އަހަރުން ނުކުރެވުނު މަސައްކަތް މިއަދުގެ އަނދިރިއަނދިރިން މިހާރުވެސްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ދިވެހި ދައުލަތް ބިނާވެގެންވަނީ 3  ބާރުގެ މައްޗަށެވެ. އެއީ ދައުލަތް ހިންގުން، ރައްޔިތުންގެ މަޖިލިސް އަދި ޝަރުޢީ ނިޒާމެވެ. މި 3 ބާރުންކުރެ ކޮންމެ ބާރަކުން ކަމެއް ކުރިނަމަވެސް އެކުރެވެނީ ހަމަ ދައުލަތުގެ ތެރެއިންނެވެ. 

މިއަދު މިފެންނަނީ ސުންނަތާއި ރައްޔިތުން ދުރަށް ޖެއްސުވުމަށް ދައުލަތުގެ އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފައުޅުގައި ކެންޕޭނުކުރައްވާތަނެވެ. ފައުޅުގައި ބާޠިލު ޢަޤީދާތައް ޕްރަމޯޓުކޮށް ސުންނަތް ދިރުވަން ކުރެވޭ މަސައްކަތްތަކާއި ދެކޮޅު ހަދާތަނެވެ. ސޫފިޒަމް ކުރިއަރުވައި ރަސޫލް ﷺ ގެ ސުންނަތް މަރައިލުމަށް މަސައްކަތްކުރެވޭތަނެވެ. 

މިއީ ރާއްޖެއަށް ޕޯޗްގީޒުން ފޮނުވި އަނދިރިއަނދިރިން ކުރި މަސައްކަތަށްވުރެ މާނުބައި، ބިރުވެރިކަން މާބޮޑު މަސައްކަތެކެވެ. އެކަމުގެ ހެއްކަކީ ޕޯޗުގީޒުން 17 އަހަރު ރާއްޖޭގައި ތިބެ ކުރި މަސައްކަތުން ހަމަ އެކަކު ކާފިރު ނުކުރެވުނުއިރު މިހާރުގެ ކެންޕޭނުން އަސަރުކޮށްފައިވާ މީހުންގެ އަދަދު ގުނަންވެސް ނުއެނގޭކަމެވެ. ވީމާ ޚުޠުބާގައި ޕޯޗްގީޒުންގެ ވާހަކަ ގެނެވުނުއިރު މިހާރުގެ ކެންޕޭނުގެ ވާހަކަ ނުގެނައުމަކީ ވަރަށް ބޮޑު އުނިކަމެއްކަން ފާހަކަކުރެވެއެވެ. 

ދިވެހިންނަކީ އަހުލުއްސުންނާ ވަލްޖަމާޢަތަކީ ސުންނަތުގައި ބާރަށްހިފަހައްޓައިގެންތިބި ބައެކެވެ. އެކަން ނައްތައިލަން ދައުލަތުން ކެންޕޭނުކުރާއިރު މިކުރެވެނީ ކޮންކަމެއްކަން ދިސަލަފިއްޔާގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله ގެ މިބަސްފުޅުން އުނގެނުން މުހިންމުކަން ފާހަގަކުރެވެއެވެ. 

އަހުލުއްސުންނާ  ވަލްޖަމާޢަތަކީ (أهل السنة والجماعة) ކޮބާ؟ 

ޖަވާބު: އަހުލުއްސުންނާ ވަލްޖަމާޢަތަކީ ސުންނަތުގައި ބާރަށްހިފަހައްޓައިގެންތިބި މީހުންނެވެ. އަދި އޭގެ މައްޗަށް ޖަމާވީ މީހުންނެވެ. އެބައިމީހުންނަކީ އެނޫން އެއްޗެކާ ދިމާއަށް މޫނު އަނބުރާ ބައެއްނޫނެވެ. ޢިލްމީ ޢަޤަދީ މަސްއަލަތަކުގައާއި ޢަމަލީ ޙުކުމީ މަސްއަލަތަކުގައެވެ.

އެބައިމީހުންނަށް އަހުލުއްސުންނާ ކިޔުނީ އެހެންވެއެވެ. އެބައިމީހުންނަކީ އޭގައި ބާރަށް ހިފަހައްޓާ ބަޔަކަށްވާތީއެވެ. އަދި ‘ޖަމާޢަތުގެ އަހުލުވެރިން’ މިފަދައިން ކިޔުނީ އޭގެ މައްޗަށް [އެބަހީ: ސުންނަތުގެ މައްޗަށް] އެބައިމީހުން ޖަމާވާތީއެވެ.

ބިދުޢަވެރިންގެ ޙާލާމެދު ތިބާ ވިސްނާފިކުރުކޮށްފިނަމަ އެބައިމީހުން ޚިލާފުވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. އެބައިމީހުން އެތިބި ޢަޤަދީ މަންހަޖުގައި ނުވަތަ ޢަމަލީ މަންހަޖުގައެވެ. އޭގެން ދަލީލުކުރަނީ އެބައިމީހުން އެތިބީ ސުންނަތާ ދުރުގަކަމެވެ. އެއީ އެބައިމީހުން ބިދުޢަތައް އެހަދާ މިންވަރަކުންނެވެ.  (1) 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٢١ / طبعة: دار الثريا للنشر

___________________________________

[1] “ޢަޤީދަތުލް ވާސިޠިއްޔާ” އޭ ކިޔުނު ފޮތުގެ ޝަރަހައިގައި ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން حفظه الله ވިދާޅުވެފައިވެއެވެ.

“… އެބައިމީހުންނަށް އަހްލުއްސުންނާ އޭ ކިޔުނީ އެހެނިހެން ގޮތްގޮތާއި ބަސްތަކަށް ނިސްބަތްނުވެ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އެބައިމީހުން ނިސްބަތްވާތީއެވެ. އެއީ ބިދުޢަވެރިންނާ ޚިލާފަށެވެ. ބިދުޢަވެރިން ނިސްބަތްވަނީ އެބައިމީހުންގެ ބިދުޢަތަކާއި މަގުފުރެދުންތަކަށެވެ. އެއީ ޤަދަރީންނާއި މުރުޖިއާއިންފަދައިންނެވެ. އަދި ބައެއް ފަހަރު އެބައިމީހުންގެ އިމާމަށްވެސް ނިސްބަތްވެއެވެ. އެއީ ޖަހްމީން ފަދައިންނެވެ. އަދި ބައެއްފަހަރު އެބައިމީހުންކުރާ ނުބައި ޢަމަލަށްވެސް ނިސްބަތްވެއެވެ. އެއީ ރާފިޟާއިންނާއި ޚަވާރިޖުންފަދައިންނެވެ.

ބަހުގެ ގޮތުން (އަލްޖަމާޢާ) އަކީ: މީސްތަކުންގެ ތެރެއިން ކަމަކަށް ޖަމާވީ މީހުންނެވެ. މިތާގައި މުރާދަކީ: ޤުރުއާނާއި ސުންނަތުން ޘާބިތުވީ ޙައްޤުގެ މައްޗަށް ޖަމާވީ މީހުންނެވެ. އެއީ ޞަޙާބީންނާ އަދި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބާވީ މީހުންނެވެ. އެއީ މަދު ބައެއްކަމުގައި ވީނަމަވެސްއެވެ…”

ބައްލަވާ: شرح عقيدة الواسطية للفوزان / ص: 20/ طبعة: جامعة الإمام محمد بن سعود الإسلامية

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް