އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައޖީއެމްއެޗްގެ މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އަދަދު 11 އަށް އިތުރުކޮށްފި

އައޖީއެމްއެޗްގެ މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އަދަދު 11 އަށް އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

7 މެމްބަރުންނާއި އެކު ހިންގަމުން ދިއަ އައޖީއެމްއެޗްގެ މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އަދަދު11 އަށް އިތުރުކޮށްފިއެވެ.

މި ކޮމިޓީގައި މިމެނެނީ ޑރ. ޔޫސުފް ޝާން (ޗެއަރމަން)، ޑރ. އަލީ ނަޒީމް، ޑރ. މުހައްމަދު އަސީލް ޖަލީލް، ޑރ. އަލީ އަބްދުﷲ ލަތީފް، ޑރ. މޫސާ ހުސެއިން، ޑރ. ނިޔާޝާ އިބްރާހިމް މުހައްމަދު، ޑރ. މިލްޒާ އަބްދުލް މުޙްސިން، ޑރ. އަބްދުﷲ އުބައިދު، ޑރ. މުޙައްމަދު ޝިފާން، ޑރ. އިބްރާހިމް ޝިހާމް އަދި ޑރ. އައިމިނަތު ނަޒީރުއެވެ.\

މީގެއިތުރުން އައޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމުގައި ހުންނެވި ޑރ.އަލީ ނަޒީމް، މަޤާމުގެ ދައުރު ކަމުގައިވާ 5 އަހަރު ހަމަވުމާއި ގުޅިގެން ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އިން އޯތޯޕީޑިކްސް، ޑރ.ޔޫސުފް ޝާން ވަނީ މި މަޤާމަށް އައްޔަން ކޮށްފައެވެ. 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދަވާނީ ޑރ.ޔޫސުފު ޝާން އެވެ. އަލަށް އައްޔަނުކުރެވުނު މެޑިކަލް ޑިރެކްޓަރ މަޤާމުގެ މުއްދަތަކީ 3 އަހަރެވެ. 

އައޖީއެމްއެޗުން ބުނެފައިވަނީ ހޮސްޕިޓަލުގެ ގިނަ ޑިޕާރޓްމަންޓްތަކެއްގެ އެޗް.އޯ.ޑީކަން ކުރައްވަމުން ދިޔަ ފަރާތްތައް 2020 ޑިސެމްބަރ 30 ގައި ބަދަލުކުރެވި މި މަގާމުތަކަށް އައްޔަނުކުރެވުނު ފަރަތްތަކަށް މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާކަމަށެވެ.

އަލަށް އައްޔަނުކުރެވިފައިވާ އެޗް.އޯ.ޑީ މަގާމުގެ މުއްދަތަކީ 2 އަހަރެވެ. މިގޮތުން ބަދަލު ގެނެސްފައިވާ އެޗް.އޯ.ޑީންނަކީ ޑިޕާޓްމްންޓް އޮފް ޕީޑިއެޓްރިކް – ޑރ. އަހުމަދު ސައީދު، ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީ – ޑރ. އައިމިނަތު އާރިފާ، ޑިޕާޓްމަންޓް އޮފް އިންޓާނަލް މެޑިސިން – ޑރ. މޫސާ މުރާދު، ޑިޕާޓްމަންޓް އޮފް ކާޑިއޮލޮޖީ – ޑރ. އައިޝަތު އެލީނާ، ޑިޕާޓްމަންޓް އޮފް ލެބޯރަޓަރީ މެޑިސިން – ޑރ. ޝިމާލް ތަސްނީމް، ޑިޕާޓްމަންޓް އޮފް ރެސްޕިރޭޓަރީ މެޑިސިން – ޑރ. މުހައްމަދު އިސްމާއިލް، ޑިޕާޓްމަންޓް އޮފް ނިއުރޮލޮޖީ – ޑރ. އަހްމަދު ރަޝީދު، ޑިޕާޓްމަންޓް އޮފް ޓްރޯމާ އެންޑް އިމަރޖެންސީ – ޑރ. އައިމިނަތު ޒޭބާ އަހުމަދު، ޑިޕާޓްމަންޓް އޮފް އޮބްސްޓަރެކްޓްސް އެންޑް ގައިނަކޮލޮޖީ – ޑރ. ތަސްނީމް ފާރޫގް، ޑިޕާޓްމަންޓް އޮފް އެނެސްތީސިއޮލޮޖީ – ޑރ. ޒުލެއިޚާ މައީ އަދި ތިއޭޓަރ ސަރވިސަސް – ޑރ. ހުސައިން ފައިސަލް އެވެ.

އައޖީއެމްއެޗް އިން ބުނެފައިވަނީ އަމާޒަކީ މި ގެނެވުނު ބަދަލުތަކާއި އެކު ހޮސްޕިޓަލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަށް އިތުރަށް ހަރުދަނާކޮށް، މި ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެވެސް ރަނގަޅުކުރުން ކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު