އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލާގެ މީހުންނަށް ނުބައިވުމުން އެމީހުންގެ ނަފްރަތު ލިބޭ މީހަކަށް, ބޭނުންވާ ކަންކަމުގަ ކުރިއަރަން ހުރަސްތައް ކުރިމަތިވާނެ!: މުފްތީ މެންކް

ޢާއިލާގެ މީހުންނަށް ނުބައިވުމުން އެމީހުންގެ ނަފްރަތު ލިބޭ މީހަކަށް, ބޭނުންވާ ކަންކަމުގަ ކުރިއަރަން ހުރަސްތައް ކުރިމަތިވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ތިމާގެ ޝަޚްޞިއްޔަތާއިމެދު ކަންކަން ދެނެގަންނަން އެދޭމީހާ ފުރަތަމަކަމަކަށް ތިމާގެ ޢާއިލާގެ މީހުން ތިމާ ޢާއިމެދު ދެކޭގޮތާއިމެދު ވިސްނައިލާށެވެ! ކޮންމެ މީހެއްގެ ޙަޤީޤަތްވެސް އެންމެ ރަނގަޅަށް އެނގޭނެ ބައަކީ ޢާއިލާގެ މީހުންނެވެ. ތިމާގެ ފިރިމީހާއެވެ. އަނބިންނެވެ. މައިންބަފައިންނެވެ. އަޚުންނާއި އުޚުތުންނެވެ. ޅިޔަން ފަހަރިންނެވެ.

ތިމާގެ ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކެނީ ރަނގަޅަށް ނޫންކަމަށްވެއްޖެ ނަމަ ތިބާގެ ކިބައިގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ތިމާ އާއި ބައްދަލުވުމުން އެމީހުންނަށް ހިތްހަމަޖެހުން ނުލިބޭނަމަ، ތިމާ ފެނުމުން އެމީހުންނަށް ބޮޑު ބިރަކަށްވާނަމަ ތިބާގެ އަޚްލާޤްގައި އިޞްލާޙްކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުންނާނެއެވެ. 

ވީމާ މުޖުތަމައުގެ އެހެން މީހުން ތިމާއާއިމެދު ދެކޭ ގޮތާއިމެދު ވިސްނުމުގެކުރިން ފުރަތަމަކަމަކަށް ތިމާގެ ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކޭ ގޮތާއިމެދު ވިސްނައިލާށެވެ. އެއްވެސް މައްސަލައެއް ހުރިނަމަ އެކަމެއް އިޞްލާޙްކުރާށެވެ. 

އަބަދުވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭނެ ބައަކީ ޢާއިލާގެ މީހުންނެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތަކުން އެނގިގެންދެއެވެ. 

ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެމީހާގެ ޢާއިލާއަށް ހެޔޮލަފާ، އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށެވެ. ޢާއިލާގެ މީހުންގެ ރުހުމާއި ލޯބި ލިބުމަކީ އެމީހަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާ ސަބަބެކެވެ. ވީމާ މުޖުތަމައުގެ އެހެން މީހުން ތިމާ އާއިމެދު ދެކޭ ގޮތާއިމެދު ވިސްނުމުގެ ކުރިން ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކޭގޮތާއިމެދު ވިސްނައިލުމުގެ މުހިންމުކަން މާބޮޑެވެ.

އަދި ކީއްހެއްޔެވެ؟ ޢާއިލާގެ މީހުންނަށް ހެޔޮ ނުވެވި އެމީހުންގެ ނަފްރަތު ލިބޭ މީހަކަށް ކުރިއެރުން ލިބުމަށް ވެސް ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެއެވެ! އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެތީއެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް