އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރަން އެއްބަސްނުވުމުން ކައިވެނި ނުކުރެވޭނެ ގޮތަށް ސިހުރުހަދަމުންދިއަ މީހަކަށް ބޮޑު އަދަބެއް ލިބިއްޖެ!

ކައިވެނިކުރަން އެއްބަސްނުވުމުން ކައިވެނި ނުކުރެވޭނެ ގޮތަށް ސިހުރުހަދަމުންދިއަ މީހަކަށް ބޮޑު އަދަބެއް ލިބިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އަންހެނަކު ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެކަމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އަނބިމީހާ ބުންޏެވެ! 

"ޢިއްޒަތްތެރި ފަނޑިޔާރުއެވެ! އަޅުގަނޑުގެ ފިރިމީހާއަކީ ސިހުރުވެރިއެއްކަން އެނގުނު ދުވަހުން ފެށިގެން އަޅުގަނޑު އޭނާ ދެކެ ބިރުގަނެއެވެ. މިހާރު އެކަން ވަނީ ނަފަސާނީ ބައްޔަކަށްވެފައެވެ."

"އެކަން އެނގުނީ ކިހިނަކުންތޯ؟" ސުވާލުކުރުމުން ޖަވާބުގައި އަނބިމީހާ ކިޔައިދިނެވެ. 

"ޢިއްޒަތްތެރި ފަނޑިޔާރުއެވެ! އެކަން އެނގުނީ ފިރިމީހާ ކިޔައިދިނުމުންނެވެ. އަދި އޭނާ ދެއްކި ވާހަކައަކީ ތެދުކަން ޔަޤީންކުރެވެމުންނެވެ. 

ފިރިމީހާ ބުނީ އަވަށްޓެރި 3 އަންހެނަކާއި ކައިވެނިކުރަން އޭނާ މަސައްކަތްކުރި ކަމަށެވެ. އަދި އެ މީހުން އެއްބަސްނުވުމުން މީހަކު ލައްވައި އެމީހުންނަށް އެހެން ފިރިހެނަކާއި ކައިވެނި ނުކުރެވޭނެގޮތަށް ސިހުރުހެދީކަމަށެވެ. އަދި އެ 3 އަންހެނުންނަށްވެސް ކައިވެނިކުރެވުނީ ރުޤްޔާކޮށް ސިޙުރު ބާޠިލުކުރަން ވަރަށް ގިނަ މަސައްކަތްކުރުމުން ޢުމުރުން ވަރަށް ދުވަސްވީ ފަހުން ކަމަށެވެ. އެއީ ތެދެއްތޯ އަޅުގަނޑު ބެލިއިރު އެކަންވީ ހަމަ ތެދަކަށެވެ." 

ދެން ބޭއްވި އަޑުއެހުމަށް އެ 3 އަންހެނުންވެސް ހާޒިރުކުރިއެވެ. 3 އަންހެނުންވެސް ބުނީ އެމީހުންނަށް އެކަން އެގޮތަށް އެކަން ދިމާވިކަމަށާއި ނަމަވެސް ސިހުރުހެދީ ކާކުކަން ނުއެނގޭކަމަށެވެ. އަދި ހެކިންގެ ގޮތުގައި ރުޤްޔާކޮށްދިން މީހުންގެ މައުލޫމާތުވެސް ކިޔައިދިނެވެ. 

ދެން ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ރުޤްޔާކޮށްދިން މީހުންވެސް ހާޒިރުކުރިއެވެ. އެމީހުން އެކަމަށް ހެކިދިނުމުން ފަނޑިޔާރު ޙުކުމް އިއްވީ އޭނާގެ ކިބައިން އަނިޔާ ލިބުނު 3 އަންހެނުންނަށް ބަދަލެއްގެ ގޮތުން 1.2 މިލިއަން ޕައުންޑް ދެއްކުމަށާއި އަދަބެއްގެ ގޮތުން 45 އަހަރަށް ޖަލަށްލުމަށެވެ. އަދި ކައިވެނި ވަގުތުން ރޫޅާލައިދިނެވެ. 

- މައްލޫމާތު: އިޖިޕްޓް ޓައިމްސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް