އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން ޚާއްޞަ ހަފްލާއެއް މިއަދު ކަސްޓަމްސް ބިލްޑިންގ ގައި ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރު ކަމަށްވާ CUSTOMS BOLSTERING RECOVERY, RENEWAL AND RESILIENCE FOR SUSTAINABLE SUPPLY CHAIN” ގެދަށުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 20 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން މިއަދުގެ ހަފްލާގައި އޮތެވެ. މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

ދުވަހުގެ ޝިޔާރާ ގުޅޭގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ދުނިޔެއަށް ދިމާވެފައި މިވާ ކޮވިޑް-19ގެ ޕެންޑެމިކް މި ޙާލަތުގައި، ދުނިޔޭގެ ކަސްޓަމްސް ކޮމިއުނިޓީތަކުން އެއްބައިވަންތަ ރޫހެއްގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު، އެކުގައި މަސައްކަތްކުރާ މުއައްސަސާތަކާއެކު ބަދަހި ގުޅުމެއް ބިނާކޮށް މުސްތަގްބަލަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާކަން އަލިއަޅުވާލައިފައިވެއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެ ފުރަބަންދަކަށް ގޮސް ބޯޑަރުތައް ބަންދުކުރިއިރުވެސް ސަޕްލައި ޗެއިންއަށް ބުރޫއެރިޔަ ނުދީ ރައްޔިތުންނަށް މެދުނުކެނޑި ކަސްޓަމްސްގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މުހިންމު އިސްކަމެއް ދީފައިވާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ، ކަސްޓަމްސްއަކީ އަބަދުވެސް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް އިސްކަންދޭ މުއައްސަސާއެއްކަމާއި، މިބަލިމަޑުކަމުގައި ވެސް އޮފީހުން ދޭ ޚިދުމަތްތައް ހުއްޓުމަކަށް އަޔަނުދީ ފަސޭހަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދެވުނުކަން ފާހަގަ ކުރެއްވިއެވެ.

ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި އާންމު ރައްޔިތުން ބޭއްތިބުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށްވެފައި، ކަސްޓަމްސް މުވައްޒަފުންނަކީވެސް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ތިބި ބަޔަކަށް ހެދުމަށްޓަކައި، ކަސްޓަމްސް އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދެވޭ ފިޓްނަސް ޕްރޮގްރާމް އިފްތިތާޙްކުރުން މިއަދުގެ ހަފްލާގައި އޮތެވެ.  މިޕްރޮގްރާމް ތަޢާރަފްވުމާއެކު ކަސްޓަމްސް އޮފިސަރުންނަކީ ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ތިބި ބަޔަކަށް ވާނެކަމާއި، އެކަމުގެ ފައިދާ އޮފިސަރުންގެ މަސައްކަތުންވެސް ފެނިގެންދާނޭކަމުގެ ޔަޤީންކަން ކޮމިޝަނަރ ޖެނެރަލް ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ