އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ފެތުރުން ހަލުވިވުމާއި ގުޅިގެން އަައި.ޖީ.އެމް.އެޗް ގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފި

ކޮވިޑް ފެތުރުން ހަލުވިވުމާއި ގުޅިގެން އަައި.ޖީ.އެމް.އެޗް ގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ދިވެހިރާއްޖޭގައި ކޮވިޑް-19 ބަލިފެތުރުން ހަލުވިވުމާއި ގުޅިގެން އަައި.ޖީ.އެމް.އެޗް ގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

މިކަމާގުޅިގެން އަައި.ޖީ.އެމް.އެޗް އިން ބުނެފައިވަނީ ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުން ދިއުމާއިގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް އެއްބާރުލުން ދިނުމަށްޓަކައި 31 ޖަނަވަރީ 2021 އިން ފެށިގެން މި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ވަގުތީގޮތުން ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. 

މީގެތެރޭގައި އައި.ޖީ.އެމް.އެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ދޮރުމަތީގައި ސްކްރީން ކުރުމާއި އޯ.ޕީ.ޑީ އަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާ ބަލިމީހުން ހުމާއި ރޯގާއަށް ސްކްރީން ކުރުން ހިމެނެއެވެ.

މީގެއިތުރުން މިއިން އެއްވެސް ހާލަތެއްގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދިނުމާއި ދުރާލާ ރާވައިގެން އާއްމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައް މަދުކުރުމާއި ގިނަ އޯ.ޕީ.ޑީތަކުގައި ބަލިމީހުން ބެލުން ހެނދުނު 8 ން މެންދުރު 2 އާއި ދެމެދަށް ކުރު ކުރުމާއި އަދި އޯ.ޕީ.ޑީ ވެއިޓިންގ އޭރިއާގައި އެއްވަގުތެއްގައި މަޑުކުރާ ބަލިމީހުން މަދުކުރުމުގެގޮތުން އެޕޮއިންޓްމަންޓްތައް އެކި ގަޑިތަކަށް ބަހާލެވިގެން ބަލިމީހުން ގެނެއުން ހިމެނެއެވެ.

 އަައި.ޖީ.އެމް.އެޗް އިން ބުނެފައިވަނީ ހޮސްޕިޓަލުގެ ޚިދުމަތްދޭ ގޮތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި މި ބަދަލުތައް ގެނައިކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަން ޖެހޭ ބަލިމީހުންނަށް އިމަރޖެންސީ ޑިޕާޓްމަންޓްއިން 24 ގަޑިއިރު ފަރުވާ ލިބެމުންދާނެ ކަމަށެވެ.

ހަލުވިކަމާއިއެކު ފެތުރެމުންދާ މިވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާނެކަމަށް އުއްމީދު ކުރާކަމަށްވެސް  އަައި.ޖީ.އެމް.އެޗް އިން ވަނީ ބުނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު