އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަންސާސް އިންސައްތައަށްވުރެ މަތިން ޑިސްކައުންޓްލިބޭ ޕްރަމޯޝަނަކާއެކު "ރެޑްވޭވް ޕެވިލިއަން" ފިހާރަ ހުޅުވައިފި

ފަންސާސް އިންސައްތައަށްވުރެ މަތިން ޑިސްކައުންޓްލިބޭ ޕްރަމޯޝަނަކާއެކު "ރެޑްވޭވް ޕެވިލިއަން" ފިހާރަ ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

 

5 އިންސައްތައިން ފެށިގެން ފަންސާސް އިންސައްތައަށްވުރެ މައްޗަށް ޑިސްކައުންޓްލިބޭ ޕްރަމޯޝަނަކާއިއެކު "ރެޑްވޭވް ޕެވިލިއަން" ގެ ނަމުގައި ރެޑްވޭވްގެ އިތުރު ފިހާރައެއް ހުޅުވައިފި އެވެ.

މަޖިލިސް އިދާރާ ފުރަގަހުގައި ކުރިން އަލޯރާ ފަރުނީޗަރު ފިހާރަ ހިންގި އިމާރާތުގައި މިއަދު ހެނދުނު ހުޅުވި މިފިހާރައިގެ 3 ފަންގިފިލާވެސް ޚާއްޞަކޮށްފައިވަނީ ގެދޮރަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް އައިޓަމްތައް ފަދަ ބާވަތްތަކަށެވެ. އިލެކްޓްރޯނިކް އައިޓަމްތަކުގެ ތެރޭގައި ގެދޮރަށް ބޭނުންވާ ސާމާނާއި އންޑަސްޓްރިއަލް އައިޓަމްސްވެސް ހިމެނެއެވެ.

"ރެޑްވޭވް" ފިހާރަތަކުގެ އޯނަރު އަޙްމަދު ސަލީމް ވިދާޅުވީ ކުރިން މިބާވަތްތައް ވިއްކަމުން ގެންދިއައީ ވަރަށް ކުދިކުދި ފިހާރަތަކުގައި ކަމަށްވުމުން މަސްޓަމަރުންނަށް ކުރިމަތިވަމުން އައި ދަތިތައް މިފިހާރައިގެ ސަބަބުން ޙައްލުކުރެވިގެންދާނެ ކަމަށެވެ.

"ވަރަށް ބޮޑު ޚަރަދުކޮށްގެން މިފިހާރަ މިހުޅުވީ ކަސްޓަމަރުންނަށް ފަސޭހަކޮށްދޭން. މިފިހާރަ ވެގެންދާނެ މިވަގުތު މާލޭގައި ހުރި މިފަދަ އެންމެ ބޮޑު ފިހާރައަށް. އަޅުގަޑުމެން އަބަދުވެސް އެންމެ ބޮޑަށް އިސްކަންދެނީ ވީހައި ހެޔޮއަގުގައި އެންމެ ފެންވަރު ރަނގަޅު ދުނިޔޭގެ މަރުކާތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދޭން. މިފިހާރައިގައިވެސް ހުރިހާ ބާވަތެއްވެސް ލިބެން ހުންނާނީ އެންމެ ހެޔޮއަގުގަ"

ރެޑްވޭވް ފިހާރަތަކުން ވިއްކާ އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ ޚިދުމަތް ދިނުމަށް ސަރވިސް ސެންޓަރެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

މިއަދު ހުޅުވި ފިހާރައާއިއެކު މާލެ އާއި ހުޅުމާލޭގައި ރެޑްވޭވްގެ 12 ފިހާރު މިހާރު ހިންގައެވެ. ހުރިހާ ފިހާރަތަކެއްގައިވެސް ރަމަޟާން މަހާއި ގުޅުވައިގެން ޚާއްޞަ ޕްރަމޯޝަން ކުރިއަށް ގެންދެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް