އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޠޯޢޫން ބަލީގެ ދުވަސްވަރުން މިސްކިތުގެ ޖަމާއަތަށް ހަމަލާ ދެއްވާ ބޭފުޅުންނަށް ކޮށްލަންހުރި ބައެއް ސުވާލު-

ޠޯޢޫން ބަލީގެ ދުވަސްވަރުން މިސްކިތުގެ ޖަމާއަތަށް ހަމަލާ ދެއްވާ ބޭފުޅުންނަށް ކޮށްލަންހުރި ބައެއް ސުވާލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ބޭފުޅަކު ފޯނުކުރެއްވިއެވެ. އެބޭފުޅާ އަޅުގަނޑަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވީ ޠޯޢޫން ބަލީގެ ދުވަސްވަރުގެ ވާހަކައެވެ. އެއިރު ކަންކަން ހިނގައި ދިއަގޮތެވެ. އަޅުގަނޑު ވަރަށް ރަނގަޅަށް ކެތްތެރިކަމާއިއެކު އަޑުވެސް އެހީމެވެ. ނަމަވެސް އަޅުގަނޑު އެންމެ ސުވާލެއްކުރާއިރަށް ފޯނު ކަނޑުއްވާލައްވައިފިއެވެ. ދެން ފޯނު ނުވެސް ނެންގެވިއެވެ. 

ވީމާ އަޅުގަނޑުގެ ހުރި ބައެއް ސުވާލުތައް ނޫސްމެދުވެރިކޮށް ހުށަހަޅައިލަމެވެ. 

1 ޠޯޢޫން ބަލީގެ ދުވަސްވަރު ކިތައް ހަފްލާ، ޖާފަތް ބޭއްވިތޯއެވެ؟ ގިނަ މީހުން އެއްވެ ކައިބޮއި މަޖާކޮށް ހެދިތޯއެވެ؟ ކޮންމެހެން ނުކުންނަންޖެހިގެން ނޫނީ މަގުތަކަށް ނުކުމެ މީހުން އެއްވެ އުޅުނުތޯއެވެ؟ 

2 މާލެ ސިޓީގައި މަގުމަތިން ފެންނަނީ ގައިގޯޅިވެ ބައްދައި އޮޅުލައި އުޅޭތަނެވެ. ސައިކަލުގައި ބައްދައިގެން ތިބެ ދުއްވާތަނެވެ. ޠޯޢޫން ބަލީގެ ދުވަސްވަރު ވެސް މަގުތަކަށް މީހުން އެއްވުމާއި ބައްދައި އޮޅުލުމާއި ޖަމަލަށް ބައިވަރު މީހުން އަރައިގެން ދުއްވުން ފަދަ ކަންކަން ކުރިތޯއެވެ؟ 

3 ޠޯޢޫން ބަލީގެ ދުވަސްވަރު ވެރިކަން ހިންގަން އެންމެން އެއްވެ އެއިރު ހިންގި އޮފީސްތައް ހިންގިތޯއެވެ؟ 

4 މާލެ ސިޓީގައި މަސްދަތުރު ދިއުމާއި އެހެންވެސް ކަންކަން އެބަކުރެއެވެ. ޕިކްނިކްދެއެވެ. ޠޯޢޫން ބަލީގެ ދުވަސްވަރުވެސް މިފަދަ ކަންކަން ކޮށް އުޅުނުތޯއެވެ؟ 

5 ސަތޭކަ އާއި 200 އާއި ދެމެދުގެ އަދަދަކަށް މީހުން އެއްވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެބަ ބާއްވައެވެ. ޠޯޢޫން ބަލީގެ ދުވަސްވަރުވެސް އެހައި ގިނަ މީހުން އެއްވެގެން ވެރިކަން ހިންގުމުގެ ކަންކަން ކުރިތޯއެވެ؟ 

6 ޠޯޢޫން ބަލީގެ ދުވަސްވަރު މާރުކޭޓްތަކާއި ފިހާރަތައް ހުޅުވައި ޢާންމުކޮށް ވިޔަފާރިކުރާ އުޞޫލުން ވިޔަފާރިކުރިތޯއެވެ؟ 

7 ޠޯޢޫން ބަލީގެ ދުވަސްވަރު މިސްކިތްތައް ބަންދުކޮށްފައި ޖަމާއަތުގައި ނަމާދުކުރުން ހުއްތާލާފައި މީހުން މަގުތަކަށާއި ހޮޓާތަކަށް އަދި އެނޫންވެސް އެމީހަކު ބޭނުން ތަނަކަށް ނުކުމެ، އެއްވެ  ހިތުހުރި ގޮތަކަށް އުޅުނީތޯއެވެ؟

8 ޠޯޢޫން ބަލި އޮތްނަމަ އެރަށަކުން ނުނުކުތުމަށް ޙަދީޘްފުޅުގައި އޮތް އަމުރުފުޅު ހަމަ އެހެން އޮއްވައި ސަރުކާރުން ހަމަބޭނުންވާއިރަށް ރަށްރަށަށް މިދަނީ ސަރުކާރުން ކަންކަމު ފޮނުވާ މީހުންގެ ސަބަބުން ބަލި އެހެން ރަށެއްގައި ނުފެތުރޭނެ ކަމަށް އޮތުމުންތޯއެވެ؟ އެހެންކަމަށްވާނަމަ ޚާއްޞަ ހުއްދައިގެދަށުން ފޮނުވި މީހުން ޕޮޒިޓިވްވީ ކީއްވެގެންތޯއެވެ؟  

އަދިވެސް އިތުރު ސުވާލު އެބަހުއްޓެވެ. ޖަވާބު ލިބުމުން ދެންހުރި ސުވާލުތައް ކުރާނަމެވެ. އިން ޝާ ﷲ 

އެއިރު ކަންކަން ހިނގިގޮތް އެނގިވަޑައިގަންނަވާނީ ހަމަ ތިއަބޭފުޅުންނަށެވެ. އަޅުގަނޑުމެންނަށް އެނގޭނީ ދަސްކޮށްދެއްވި މިންވަރެކެވެ. މިސުވާލުތައް މިކޮށްލީ ހަމަ އަޅުގަނޑަށް ނުއެނގޭތީއެވެ. 

އަޅުގަނޑު އަޑުއަހަނީ ކޮންމެވެސް ޤައުމެއްގައި ޠޯޢޫން ބަލި ފެތުރެނިކޮށް އެޤައުމަށް ފޮނުއްވި ބޭކަލުން އެޤައުމަށް އަރާވަޑައިނުގެން އެނބުރި ވަޑައިގެންނެވި ވާހަކައެވެ. ރާއްޖޭގައި މިފެންނަނީ ކޮންމެ ދުވަހަކު އެހެން ޤައުމުތަކުގެ މީހުން ރާއްޖެއަށް އަންނަތަނެވެ. ވީމާ ޤަބޫލުކުރަންވީ ކޮރޯނާގެ ސަބަބުން ރާއްޖޭގައި ހުރިހާ ނުރައްކަލެއް އޮތީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުން ކަމަށްތޯއެވެ؟ އެހެންކަމަށްވާނަމަ އެކަންވެސް އަންގަވައިލަދެއްވުން އެދެމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް