އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރުކަށި ފިކުރު މީހުން އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ސަރުކާރުން ބަލަން ފަސްޖެހޭތީ!: މެންބަރު ސަލީމް

ހަރުކަށި ފިކުރު މީހުން އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ސަރުކާރުން ބަލަން ފަސްޖެހޭތީ!: މެންބަރު ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރާއްޖޭގައި ހަރުކަށި ފިކުރު މީހުން އިތުރުވަނީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ސަރުކާރުން ބަލަން ފަސްޖެހޭތީ އާއި އިސސްލާމް ދީން ރާއްޖޭގައި ހިމާޔަތްކުރަން ސަރުކާރުން ގެންގުޅޭ ބީރަށްޓެހި ސިޔާސަތުގެ ސަބަބަބުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ސަލީމް މިފަދަ މޭރުމަކުން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އިއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިސްގައި، މަޖިލީހުގެ މައިނޯރިޓީންގެ ފަރާތުން މައިނޯރިޓީ ލީޑަރުގެ  ހައިސިއްޔަތުން ޖަވާބު ދެމުންނެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނާއި ޚިލާފް ކަންކަން ތަކުރާރުކޮށް ހިނގަމުންދާ ކަމަށެވެ.  މިއަހަރުގެ ޖަނަވަރީ މަހުގެ ދިހަ ވަނަ ދުވަހު ރޭ ވެސް މާލޭ ކުޅިވަރު އެކުވަނީގައި އިސްލާމްދީނަށް ޚިލާފް އެފަދަ ކަމެއް ބަޔަކު ކުރިކަމަށެވެ.

"މާތް ﷲ އަށާއި، ކީރިތިރަސޫލާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ދީނަށް ފުރަށްސާރަކޮށް، ހަޖޫޖަހާ!" ކަމާއި މަދަނީ ޖަމިއްޔާތަކުގެ ނަމުގައި އެފަދަ ކަންކަން ކުރުމުންވެސް އެއްވެސް ފިޔަވަޅެއް ސަރުކާރުން ނުއަޅާކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން އެކަންކަމަށް ނުރިހި ކަންބޮޑުވުން ފައުޅުކުރާއިރުވެސް ރައްޔިތުންގެ އިޙްޞާޞްތަކުގައި ސަރުކާރުން ޖަހަމުން ގެންދަނީ ކޮޅުފައިންކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް