އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓުބިލަށް ލުޔެއް ލިބޭނެ މަގެއް ރެޑްވޭވްއިން ހޯދައިދީފި!

ކަރަންޓުބިލަށް ލުޔެއް ލިބޭނެ މަގެއް ރެޑްވޭވްއިން ހޯދައިދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ކޮންމެ މަހެއް ނިމި ކަރަންޓް ބިލް އަތަށް އަންނައިރު މާޔޫސްވެ ކަންބޮޑުވޭތޯއެވެ. މިފަހަރުގެ ބިލް މިހާ ބޮޑުވީ ކީއްވެތޯއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލެވޭ ފަހަރު އާދޭތޯއެވެ. ރާއްޖޭގެ ގެތަކުގެ ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ އެއްކަމަކީ ގޭގައި ބޭނުންކުރެވޭ އޭސީ، ރެފްރިޖެރޭޓަރު އަދި ދޮންނަ މެޝިނެވެ.

ރެޑްވޭވުން މިވަނީ މި މައްސަލައަށް ހައްލެއް ގެނެސްދީ ކަރަންޓު ބިލު ޔަޤީނުންވެސް %30 އާ %70 ދެމެދުގެ މިންވަރަކަށް ކުޑަވެގެންދާނެ މަގެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީފައެވެ. އެއީ ރެޑްވޭވުން ވިއްކާ ހައިސެންސް އަދި ޝާރޕް ބްރޭންޑުގެ އޭސީ، ޝާރޕް ރެފްރިޖެރޭޓަރު އަދި ޝާރޕް ފްރަންޓްލޯޑް ދޮންނަ މެޝިނުގައި ބޭނުންކޮށްފައިވާ، ކަރަންޓު ހަރަދު އިންތިހާއަށް ކުޑަކޮށްދޭ އިންވަރޓަރ ޓެކްނޮލޮޖީއެވެ. އެގޮތުން ރެޑްވޭވްއިން ދަނީ ކަރަންޓު ބިލަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް އަރުވަމުންނެވެ.

އިންވަރޓަރ ޓެކްނޮލޮޖީއަކީ ރެފްރިޖެރޭޓަރ އަދި އެއަރ ކޮންޑިޝަނަރފަދަ ތަކެތީގައި ޑައިރެކްޓް ކަރަންޓް (ޑީސީ) އޮލްޓަރނޭޓިންގ ކަރަންޓް (އޭސީ) އަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މި ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން ކަރަންޓު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމެކެވެ. ރެޑްވޭވް އިން ވިއްކަމުންގެންދާ އިންވާޓަރގެ ތަފާތަކީ ޖަޕާންގެ ޓެކްނޮލޮޖީއިން މިއިންވާޓަރ ފައްކާކުރެވިފައިވުމެވެ.

އެހެންކަމުން މިދެންނެވި މައްސަލަ ތިޔަ ގެއަށް ދިމާވެފައިވާނަމަ ގޭގައި ބޭނުންކުރާ މިފަދަ ކަރަންޓުގެ ސާމާނުތައް އަވަހަށް ބައްލަވައިލާށެވެ. ބާޒާރުގައި މިވަގުތު ވިއްކާ %70 ތަކެއްޗަކީ ނޮން-އިންވަރޓަރ ތަކެތި ކަމުން ތިޔަ ގޭގައިވެސް މިފަދަ އެއްޗެއް ހުރުމަކީ އެކަށީގެންވާކަމެއް ކަމުގައި ރެޑްވޭވް އިން މައުލޫމާތުދެއްވައެވެ. މިކަމަށް ހައްލެއް ބޭނުންފުޅުވާނަމަ ރެޑްވޭވްގެ މި ޕްރޮޑަކްޓްސްތަކަށް އަވަހަށް ބަދަލުކޮށްލުމަކީ ރެޑްވޭވްގެ އިލްތިމާސެކެވެ. ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ވަރަށް ހާއްސަ އަގުތަކެއްގައި އިންވާޓަރ އޭސީ، ދޮންނަމެޝިން އަދި ރެފްރިޖެރޭޓަރ ރެޑްވޭވްއިން ލިބެން ހުރިއިރު، ކަރަންޓު ބިލަށް ޖީބުން ކުރާ ޚަރަދު ކުޑަވުމަކީ ދާއިމީ ގޮތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެކެވެ.

ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ސޭލްތައް ކުރިއަށްދާއިރު، ރެޑްވޭވްގެ އިލްތިމާސަކީ ބައްލަވައިގަންނަވާ އެއްޗެއްގެ އަގުގެ އިތުރުން ކޮލިޓީ އަދި ފީޗަރސް ރަނގަޅަށް ބައްލަވާ ދާއިމީ މަންފާއެއް ލިބޭނެގޮތަށް ތަކެތި ބައްލަވައިގަތުމެވެ. ރެޑްވޭވްގެ އިސްވެދެންނެވުނު އައިޓަމްތައް ހޯލްސޭލްކޮށްވެސް ވަރަށް ހާއްސަ އަގުތަކެއްގައި ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން އިތުރު މައުލޫމާތު 9194499 މި ނަންބަރުން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު