އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމްސާ ކަޕްގެ ޗެމްޕިއަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އަފިންސް ޓީމުން ހޯދައިފި

އަމްސާ ކަޕްގެ ޗެމްޕިއަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އަފިންސް ޓީމުން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އަމްސާކަޕް 2017 ގެ ޗެމްޕިއަންކަން މިދިޔަ އަހަރުގެވެސް ޗެމްޕިއަން ޓީމުކަމަށްވާ އއ. ބޮޑުފޮޅުދޫ އަފިންސް ޓީމުން ހޯދައިފިއެވެ.

ގިނަޢަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗު އެޓީމުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކިއެކި ވަނަތަކަށްދިޔަ ކުޅުންތެރިންނަށް އިނާމުދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް އއ. މަތިވެރި ފުޓްސަލް ދަނޑުގައި ވަނީ ބާއްވާފައެވެ.

މިގޮތުން މުބާރާތުގެ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަފިންސް ޓީމުގެ ޖާރޒީ ނަންބަރު 11 އަލީ ޝަނީޒެވެ. މުބާރާތުގެ ފެއަރ ޕްލޭޓީމަކަށް ހޮވިފައިވަނީ އއ. މަތިވެރި ޑައިނަމިކް ޓީމެވެ. ފެއަރ ޕްލޭޓީމަށް އަމްސާގެ ފަރާތުން 1500.00 އާއި ހަދާނީ ލިޔުން ދީފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަކީ:

1- ޙުސައިން ނަޝީދު ޖޯޒީ ނަންބަރ 11 އީޑީސީ ޓީމް (އއ.މަތިވެރި)
2- ޢަލީ ޝަނީޒު ޖޯޒީ ނަންބަރު 11 އަފިންސް (އއ.ބޮޑުފޮޅުދޫ)
3- އިބްރާހީމް ޝާޠިރު ޖޯޒީ ނަންބަރު 7 އަޒިއޮން (އދ.މަހިބަދޫ)
4- މުޙައްމަދު ޝާޙް ޖޯޒީ ނަންބަރު 12 ސަސްޕަޓިސް (ކ.މާލެ)
5- ޢަބްދުﷲ ޔާމީން ޖޯޒީ ނަންބަރ 4 އަޒިއޮން (އދ.މަހިބަދޫ) މުބާރާތުގެ އެންމެމޮޅު ކީޕަރ

މިމުބާރާތުގެ ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ އދ. މަހިބަދޫ އަޒިއޮން ޓީމެވެ. އެޓީމަށް 4000.00 ރުފިޔާގެ ފައިސާގެ އިނާމާ ލޯމެޑަލް އާއި ހަދާނީ ލިޔުން ދީފައިވެއެވެ.

މުބާރާތުގެ ފަޚްރުވެރި ޗެމްޕިއަން ޓީމަށް 12000.00 ރުފިޔާގެ ފައިސާގެ އިނާމާއި ރަން މެޑަލާއި ހަދާނީ ލިޔުން ދީފައިވެއެވެ. އަދި މިމުބާރާތުގައި މުޅިން އަލަށް ބެސްޓް ސަޕޯޓަރސް ޓީމެއް ވަނީ އަމްސާގެ ފަރާތުން ހޮވާފައެވެ. އެންމެ ރަގަޅު ސަޕޯޓެއް ކޮށްގެން މިމަގާމު ހޯދާފައިވަނީ އއ. ބޮޑުފޮޅުދޫގެ އަފިންސް ޓީމުގެ ސަޕޯޓަރުންނެވެ.

މިމުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ އއ. ނިކަ ހޮޓެލް އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރ ޢަބްދުއްރައްޒާގު ޢަލީ އެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި މަތިވެރި ކައުންސިލްގެ ރައީސް އިސްމާޢިލް އާޠިފް އާއި ކުރީގެ ލެޖެންޑް ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ކ. ހުރާ އަލީ ޝިހާމު އަދި މަތިވެރި އިން-ގެސްޓްހައިސްގެ މެނޭޖަރ ބައިވެރި ވެފައިވެއެވެ.

16 ޓީމުން ބައިވެރިވެ ޖުމްލަ 31 މެޗުކުޅެ އެމެޗުތަކުގައި ޖުމްލަ 193 ކުޅުންތެރިން ބައިވެރިވެ 70 ގޯލް ޖަހާފައިވެއެވެ.

މިމުބާރުގެ ފައިނަލް މެޗު އަމްސާގެ ފޭސްބުކް ޕޭޖް AMSA CUP އިން ލައިވް ކޮށްފައިވާކަން ފާހަގަ ކޮށްލަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް