އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4426 އާއިއެކު "ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްފި

4426 އާއިއެކު "ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ކްރިސްޓަލް އެންޓަރޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ބޮސް" ގެ އޮފިޝަލް ޓީޒަރ މިރޭ ލޯންޗް ކޮށްފިއެވެ.

މިދިޔަ އަހަރު އެފިލްމަކަށް ގިނަ ބައެއްގެ ތަރުޙީބު ލިބުން އެއް ފިލްމު ކަމަށްވާ 4426، އޮލިމްޕަސް ސްކްރީންގައި އަލުން އެޅުވުމުގެ ކުރިން "ބޮސް" ގެ އޮފިޝަލް ޓީޒަރ ވަނީ ލޯންޗް ކޮށްފައެވެ.

ލޯބީގެ އަސަރުގަދަ ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްްކޮށްފައިވާ ފާތުމަތު ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ އައިޝަތު ރިޝްމީއެވެ.

"ބޮސް" ގެ އޮފިޝަލް ޓީޒަރ ލޯންޗް ކޮށްދިނީ ނަހުލާގެ އެންމެ ހަގު ދަރިފުޅު ލާލީ ސިނާން އެވެ.



މިފިލްމުގައި މަރިޔަމް އައްޒަ، ފާތުމަތު އަޒީފާ، ދޮން އައްޔަ، ޖިމީ، ޝަމްވީލް ގެ އިތުރުން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ޔުއާން ގެ ކުޅަދާނަ އެކްޓިންގ ފެނިގެންދާނެއެވެ.

ފިލްމާއި މެދު ފިލްމުގެ ޑައިރެކްޓަރ ރިޝްމީ ބުނެފައިވަނީ ނަހުލާގެ ލޯބީގެ ފިލްމެއް ޑައިރެކްޓް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނެފައިވަނީ "ބޮސް" ގެ ޝޫޓިންގ މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށާއި ރިޝްމީގެ ޑައިރެކްޝަން އާއި ދޭތެރޭ މިހާރުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ބޮސް" އަކީ ލޯބީގެ ފިލްމެކެވެ. އަދި މިފިލްމަކީ ނަހުލާގެ އެހެން ލޯބީގެ ފިލްމުތައް ފަދައިން ވަރަށްވެސް އަސަރުގަދަ ފިލްމަކަށް ވާނޭ ކަމަށް ނަހުލާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ކާންބަހީ 2017-07-08 09:10:22

މިަދު ނޫހުގަ އަބަދުވެސް ޖަހަނީ ޏަހުލާގެ ފިލްމުތަކުގެ ވާހަކަތައްދޯ... ރާއްޖޭގަ އެހެން މީހުންވެސް ފިލްމު އުފައްދާ.. ވަރަށް މަދުން ފެންނަނީ އެ ފިލްމުތަކުގެ ވާހަކަ.. ވަކި ބަޔަކަަށް ގޮސް ހުސްވިޔަސް ތިޔައީ ބޮޑުވަރު... ރޯދަމަހު ރެސެޕީވެސް ގެނެސްދެވުނީކީނޫން.. ފިލްމީ ވާހަކަވެސް ވަކިބައެއްގެ... ތިޔަަށް ނުކިޔާނެ ނޫސްވެރިކަމެކޭ...

ލާމު 2017-07-08 09:20:19

ބޮސްގެ ޕޯސްޓަރުގެ އިން ފޮޓޯއަކީ މިއަދު ނޫހާގުޅޭ ފޮޓޯއެއް ކަމަކަށް ނުފެނޭ... މިންގަނޑުތަކެއް ނުހުރޭދޯ ކަލޭމެންގެ... ފުކެއްބޮޑުވަރުތީ... ހަމައެކަނި ރޯދަމަހަށް އިސްލާމްވީ... މިކޮމެންޓު ނުޖަހާނެކަން އިނގޭ... އެކަމަކު މިއަދު ނޫހުގެ ކިޔުންތެރިއެއްގެ ގޮތުން ބުނެލީ....


މަރިޔަމް ވަހީދާ