އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި ރައީސް ޔާމީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި ރައީސް ޔާމީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އެނާރޖީ ހިޒް އެކްސެލެންސީ ސުޙައިލް މުޙައްމަދު ފަރަޖު އޭ މަޒްރޫޢީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި ވަނީ އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާންގެ ފަރާތްޕުޅުން، ވީ އެންމެ އަވަހަކަށް އެކުވެރި ޢަރަބި ޢިމާރާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުއްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ޔޫ.އޭ.އީގެ ރައީސާއި، ނައިބު ރައީސާއި، ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސް ޔާމީނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ޔޫ.އޭ.އީއާއި ރާއްޖެއާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއި ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ޔޫ.އޭ.އީގެ ރައީސަށާއި، ނައިބު ރައީސަށާއި، ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ޔޫ.އޭ.އީގެ ރައީސްގެ ސްޕެޝަލް އެންވޮއިގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން، ހާއްސަކޮށް ވިޔަފާރިއާއި، ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު