އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގެ ކިޑްސް ސްޕްރިންޓްގަ ބައިވެރިވުން ހިލޭ..

މިޑްނައިޓް ރަންގެ ކިޑްސް ސްޕްރިންޓްގަ ބައިވެރިވުން ހިލޭ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ މިޑްނައިޓް ރަންގެ ކިޑްސް ސްޕްރިންޓްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށް އެދުވުން އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

އެފަރާތުން ބުނީ މިއަހަރު މުޅިން އަލަށް ބާއްވާ ކިޑްސް ސްޕްރިންޓުގައި ބައިވެރިވެވޭނީ 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އަދި މި މި ހަރަކާތް އޮންނާނީ އެކުވެނި ޓްރެކްގައި ކަމަށެވެ.

މީގެ އިތުރުން އެ ފަރާތުން ބުނީ ކިޑްސް ސްޕްރިންޓު ފަށާނީ އޮކްޓޯބަރ 19 ވަނަ ދުވަހުގެ ރޭ 20:30 ގައި ކަމަށާއި ކޮންމެ ބައިވެރިއަކަށްވެސް މެޑެލްއެއް ލިބޭނެ ކަމަށާއި އެ ސަރަހައްދުގައި ތަފާތު އެކި ހަރަކާތްތައް ބޭއްވުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިޑްނައިޓް ރަންގެ މިއަހަރުގެ ދުވުމުގައި 35 އަހަރާއި 45 އަހަރާދެމެދާއި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން (21.2 ކިލޯމީޓަރ) އެންމެ އަވަހަށް ނިންމާ 5 ބައިވެރިއަކު (ކޮންމެ އުމުރުފުރާއަކުންވެސް) ހޮވާ، ސެޓްފިކެޓް ދިނުމަށް ނިންމާފައިވާ އިރު، ހާފު މެރަތަން 3 ގަޑިއިރުގެ ތެރޭގައި ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރ ޓީޝާޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ހާފު މެރަތަން ނިންމައިގެން ފިނިޝަރ ޓީޝާޓް ރާއްޖޭގައިދޭ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ދުވުމުގައި 10 އަހަރުންދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކިޑްސް ސްޕްރިންޓާއި ހިނގަން ނުވަތަ ދުވަން އަލަށް ފަށައިގަންނަމީހުންނަށް 10 ކިލޯމީޓަރު ހިނގުން ވަނީ ހިމަނާފައެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަލިކިލެގެފާނު މަގުގައި ހުންނަ ގ. ކަކާގެއާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފިޒިއޯ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ހަވީރު 18:00އަށް ވަޑައިގަތުމުން ރެޖިސްޓްރީވުމާއި ފައިސާދެއްކޭނެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް