އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

14 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ...

14 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

14 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާ، މުބާރާތުގެ ގުރު ނަގައިފިއެވެ.

މައިލޯ އިންވިޓޭޝަނަލް ކަޕުގެ ނަމުގައި ބާއްވާ މި މުބާރާތަކީ ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އެފްއޭއެމްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ދިރާގު ހަމަޖައްސާފައިވާ އިރު، ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ މައިލޯ އެވެ.

މި މަހުގެ 26، 27 އަދި 28 ގައި ހެންވޭރު ދަނޑުގައި ބާއްވާ މި މުބާރާތަކީ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި 10 ޓީމު ވާދަކުރާ އިރު، ރާއްޖެއިން ބޭރުގެ 3 ޓީމެއްވެސް ވާދަކުރެއެވެ.

ރާއްޖެއިން ބޭރުން ބައިވެރިވަނީ ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑް އެކަޑަމީގެ ދެ ޓީމަކާއި އިންޑިއާގެ ޓިޕްސް އެފްސީގެ ޓީމެކެވެ. ރާއްޖެއިން ބައިވެރިކޮށްފައިވަނީ ރާއްޖޭގައި ހިންގަމުން އަންނަ އެކަޑަމީތަކުން ހޮވާލެވޭ ޓީމުތަކެވެ.

އެގޮތުން އީގަލްސް ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކަރ މޭޓްސް، މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލޭ ސްޕޯޓްސް ސްކޫލަށް ނިސްބަތްވާ ޓީމުތައް ވާދަކުރާނެއެވެ.

ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެން މުބާރާތް ބާއްވާ އިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑްގެ ރެޑް ޓީމާއި ބީޖީ ސްޕޯޓްސް އެކަޑަމީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، ކްލަބް އީގަލްސްގެ އެކަޑަމީ އަދި މޯލްޑިވްސް ސޮކަރ މޭޓްސް އެވެ.

ގްރޫޕް ބީގައި ހިމެނެނީ ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑްގެ ވައިޓް ޓީމާއި އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ހުޅުމާލޭ ސްޕޯޓްސް ސްކޫލް، މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އަދި ޓިޕްސް އެފްސީގެ ޓީމެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް