އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން މިހާރު ފެންނަނީ މިލިޓަރީ ވެރިކަމެއް: ޑރ. މަޢްޞޫމް

ރާއްޖެއިން މިހާރު ފެންނަނީ މިލިޓަރީ ވެރިކަމެއް: ޑރ. މަޢްޞޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ދިވެހިރާއްޖެއިން މިހާރު ފެންނަނީ މިލިޓަރީ ވެރިކަމެއް ކަމަށާއި މިލިޓަރީ ވެރިކަން ވަރަށް އަވަހަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް މިއަދު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލާފައިވަނީ މިލިޓަރީ ވެރިކަމެއް ކުރާގޮތަށް ނޫން ކަމަށާއި ރައްޔިތުންގެ ޖުމްހޫރީ ވެރިކަމެއް ކުރާ ގޮތަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެރިކަން ކުރަންޖެހޭނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށެވެ.

ޑރ. މަޢްޞޫމް މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވެސް އިއްޔެ ވަނީ ރާއްޖޭގައި ވެރިކަން ކުރަމުން މިހާރު ގެންދާ ގޮތާއިމެދު ސުވާލުތައް އުފައްދަވައިފައެވެ.

އަނާރާ ވަނީ ޤައުމުގެ ރައްޔިތުންގެ މަޖިލީހާއި ސްޕްރީމް ކޯޓުގެ މައްޗަށް ސަލާމަތީ ބާރުތަކުން ވެރިވެގަނެގެން ވެރިކަން ހިންގަނީ ކޮން ޤައުމެއްގައިތޯ ސުވާލު އުފައްދަވައިފައެވެ.

ޤާނޫނީ ބާރު ލިބިގެން މިނިވަން މުއައްސަސާތަކެއް ރާއްޖޭގައި ހުރި ނަމަވެސް މިނިވަންކަމާއިއެކު ހަރަކާތްތެރިވާ އެއްވެސް މުއައްސަސާއެއް މިހާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލްނިންމަވާ ނިންމެވުންތަކާއި އެޓަރނީ ޖެނެރަލް ދެއްވާ ޤާނޫނީ ލަފައަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުނުކުރާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް