އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެޓީވީގެ "އަބުރުފުޅު" ފަންޑަށް ވީމީޑިއާއިން ވެސް އެހީތެރިވެދީފި

ރާއްޖެޓީވީގެ "އަބުރުފުޅު" ފަންޑަށް ވީމީޑިއާއިން ވެސް އެހީތެރިވެދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ހަތަރުވަނަ ފަހަރަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެޓީވީ ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާއި ގުޅިގެން އެސްޓޭޝަނުން ހުޅުވި "އަބުރުފުޅު" ފަންޑަށް ވީމީޑިއާގެ މުވައްޒަފުން ފައިސާ ހަދިޔާ ކޮށްފިއެވެ.

ރާއްޖެޓީވީގެ ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީމީޑިއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު އުމަރާއި އެސްޓޭޝަން ގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފުގެ އިތުރުން ވީޑިއާގެ އިސް ބޭފުޅުންނާއި ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ދެ ސްޓޭޝަންގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެޓީވީ ހުންނަ އިމާރާތުގެ ކުރިމަތީގައި މިއަދު ހަވީރު މިކަމާ ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިމާދު ލަތީފު ވިދާޅުވީ ޕްރައިވެޓް ސްޓޭޝަނެއް އިނދަޖެހޭފަދަ އަދަދަކުން ޖޫރިމަނާ ކުރިއިރު، ވީމީޑިއާއިން ހަދިޔާ ކުރީ ރަމްޒީ އަދަދެއް ކަމަށާއި ބްރޯޑްކޮމް އިން ވީމީޑިއާ ޖޫރިމަނާ ކުރުމުން ރާއްޖެޓީވީއިން ވެސް އެހީތެރިކަން ފޯރުކޮށްދިން އިރު މިހަދަ ޖޫރިމަނާތަކުން ބްރޯޑްކާސްޓަރުން ފަހަތަށް ނުޖެހޭނެކަން ހާމަވެގެންދާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ