އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރުވެރިންނާ ސިހުރު ޤަބޫލުކުރާ މީހުން ތިބޭނީ މަސްތެއްގަ - ދެން ކޮން އަދުލެއްތޯ ޤާއިމުކުރެވޭނީ؟ : ޝައިޚް ޖަޢްފަރު ފާއިޒް

ސިހުރުވެރިންނާ ސިހުރު ޤަބޫލުކުރާ މީހުން ތިބޭނީ މަސްތެއްގަ - ދެން ކޮން އަދުލެއްތޯ ޤާއިމުކުރެވޭނީ؟ : ޝައިޚް ޖަޢްފަރު ފާއިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ދުނިޔޭގައި ލެއްވެވި އެންމެހައި ފާފަތައް ކުރަމުން ނަމަވެސް ﷲ ތަޢާލާ އެއްކައުންވަންތަ ކުރާ މީހާގެ ހެޔޮކަން، ޝިރުކުކުރަމުން ދުނިޔޭގައި ލެއްވެވި ހުރިހާ ހެޔޮ ކަމެއް ކުރާ މީހާއަށްވުރެ މާބޮޑެވެ.

ޝިރުކުގެ ވަރަށް ގިނަވައްތަރުތައް ހުރެއެވެ. އިރުވަރުބެލުމާއި ފާލު ބެލުމާއި ރަމަލު ޖެހުން ފަދަ ކޮންމެ ކަމަކީ ވެސް ޝިރުކުކުރުމުގެ އަމަލުތަކެވެ. މިއަދު މިއޮތީ ސިހުރު ހާހޫރަ އާއި އިިރުވަރުބެލުމާއި ފާލު ބެލުމާއި ރަމަލު ޖެހުން ފަދަ ޝިރުކުކުރުމުގެ ދުނިޔެއެވެ. އެއީ ވެސް ހަމަ މަސްތުވުމުގެ ދުނިޔެއެކެވެ.

މަސްތުގެ އެ ދުނިޔޭގައި އުޅެ އަމިއްލަ ނަފުސަށް 24 ގަޑިއިރު އަނިޔަވެރިވަމުން ހޯދައި ދެވޭނެ އަދުލެއް (އަދުލުވެރިކަމެއް) ނުއޮންނާނެއެވެ. އަދުލުވެރިކަމަކީ ކޮބައިކަމެއް ނުވެސް އެނގޭނެ ކަމަށެވެ.

އިބްރާހީމްގެފާނާއި މުޙައްމަދު (ޞޢވ) އާއި ޞާލިޙްގެ ފާނުވެސް ފޮނުއްވުނީ ހުރިހާ ބުދުތަކެއް ތަޅުއްވައި ލެއްވެވުމަށެވެ. އެއްވެސް ބުދެއް ތަފާތު ކުރުމެއް ނެތި ހުރިހާ ބުދުތަކެއް ކަމަށެވެ. ޑިމޮކްރަސީގެ ބުދުވެސް ހިމެނޭ ގޮތުންނެވެ.

އަދުލުވެރިކަމަކީއެވެ. ހަމަހަމަ ކަމާއެކު އިންޞާފުން ކަންކަން ކުރުމެވެ. ދުނިޔަވީ އެދުންތަކުގައި މަސްތުވެގެން ތިބޭ ބައަކަށް އަދުލުވެރިކަމާއި ކައިރިއެއް ނުވެވޭނެއެވެ. ދެވޭނީ ދުރަށެވެ.


- އައްޝައިޚް ޖައުފަރު ފާއިޒު މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން -

- ދަރުސްގެ ވީޑިއޯ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް