އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓުލުން ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ކޮށްފައިވަނިކޮށް ޝެއިޚް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި

ވޯޓުލުން ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ކޮށްފައިވަނިކޮށް ޝެއިޚް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސެއިން، މިއަހަރުގެ ރިޔާސީ އިންތިހާބަށް ވޯޓުލުން ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ކޮށްފައިވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓު މިއަދު ހިފަހައްޓައިފިއެވެ.

ޝެއިޚް އިލްޔާސްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަން އިމިގްރޭޝަނުން އެންގީ، ވޯޓުލުމަށް ރާއްޖެއިން ބޭރަށް ފުރުމަށް އައްޑޫ މަގުން ޝްރީލަންކާއަށް ފުރުމަށް މިއަދު ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުންނެވެ.

ޝެއިޚް އިލްޔާސް ގެންދަވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލައާއި ގުޅޭ ގޮތުން ޝެއިޚް ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައެވެ. ފުލުހުން ބުނީ، ޝެއިޚް އިލްޔާސް ފުލުސް އޮފީހަށް ގެންދަނީ އެވާހަތަކާއިމެދު ސުވާލުކޮށް އެކަންކަން އޮޅުންފިލުވުމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ