އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންމިން ފެއަރ އަށް އޮފިޝަލުންނާ ބައިވެރިން ފުރައިފި

ކުންމިން ފެއަރ އަށް އޮފިޝަލުންނާ ބައިވެރިން ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޗައިނާގެ ކުންމިންގައި މިމަހު 12 ވަނަ ދުވަހުން 17 ދުވަހަށް ބާއްވާ ކުންމިން ފެއަރ، 4 ވަނަ ޗައިނާ ސައުތު އޭސިއާ އެކްސްޕޯ އަށް ރާއްޖޭގެ އޮފިޝަލުންނާއި ބައިވެރިން މިއަދު ފުރައިފިއެވެ.

މިފަހަރުގެ ފެއަރ އަކީ ހުރިހައި ގޮތަކުން ވެސް ކާމިޔާބު ފެއަރއަކަށް ހެދުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު މިފެއަރ ވެގެންދާނީ ރާއްޖެއިން ވެސް މިހައިތަނަށް ބައިވެރިވާ މިފަދަ އެންމެ ބޮޑު ފެއަރ އަށެވެ.

މީގެ އިތުރުން ކިފެއަރގެ ތެރެއިން ރާއްޖޭގެ ފަތުރުުވެރިކަން ޕްރަމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރާއްޖޭގެ ޘަޤާފީ ހަރަކާތްތައް ހުށަހެޅުމާއި ދިވެހި ކެއުން ހިމެނޭ ގާލާ ޑިނަރނައިޓެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިފެއަރ އަކީ ހުރިހައި ގޮތަކުން ރާއްޖެއަށް ކާމިޔާބު ފެއަރއަކަށް ހެދުމަށް ޗައިނާ ސަރުކާރުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިކަމަށްޓަކައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މރ. ވާންގ ފޫކާންގ އާއި އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އާއި ދެބޭފުޅުން ވަނީ ދާދިފަހުންވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިންގ ގެ އެންމެ ބޮޑު އެއްބޭނުންފުޅަކީ އެމަނިކުފާނުގެ އިސް ނެންގެވުމަށް ކުރިއަށް ގެންދަވާ ސަދަން ސިލްކް ރޯޑަށް މިފެއަރގެ ތެރެއިން އިތުރު ފުރިހަމަކަމެއް ލިބިގެންދިއުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް