އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރުގެ ކުންމިން ފެއާރގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށް ގިނަ ފައިދާތަކެއް ކުރާނެ: އެކޮނޮމިކް މިނިސްޓްރީ

މިފަހަރުގެ ކުންމިން ފެއާރގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށް ގިނަ ފައިދާތަކެއް ކުރާނެ: އެކޮނޮމިކް މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މިފަހަރުގެ ކުންމިން ފެއާރގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކުންމިން ފެއާރ އާއިބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރާއްޖޭގެ ވިޔަފާރި އިތުރަށް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ދޮރުތައް ހުޅުވިގެންދިޔަ ކަމަށެވެ. އަދި މި ފެއާރގައި ބައިވެރުވުމުގެ މަޤުޞަދު ވަރަށް ރަނގަޅަށް ފުރިހަމަވަމުންދާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފެއާރގައި ބައިވެރުވުމުގެ މަޤުޞަދަކީ ރާއްޖޭގައި އުފައްދާ އުފެއްދުންތައް ދުނިޔޭގެ އެހެން ޤައުމުތަކުގެ މާކެޓަށް ޕްރޮމޯޓު ކުރުމާއި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ.

ޗައިނާގައި ބާއްވާ މި ފެއާރގައި ރާއްޖެއިން މިއީ ޖެހިޖެހިގެން ބައިެވރިވި 4 ވަނަ ފަހަރެވެ. އަދި މިއަހަރުގެ ފެއާރގައި ދިވެހި 4 ވިޔަފާރިއަކުން ބައިވެރިވެފައިވާ އިރު، 8000 ސްޓޯލް ބަހައްޓާފައި ހުއްޓެވެ.

މި ފެއާރގައި ސައުތު އޭޝިއާގެ 8 ޤައުމަކުންނާއި ސައުތު އީސްޓް އޭޝިއާގެ 11 ޤައުމަކުންނާއި ޗައިނާގެ ގިނަ ޕްރޮވިންސްތަކުން ވަނީ ބައިވެރިވެފައެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް