އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންމިން ފެއަރގައި ބައިވެރިވުމަށް ފުރަން ފަށައިފި

ކުންމިން ފެއަރގައި ބައިވެރިވުމަށް ފުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ޗައިނާގެ ކުންމިންގައި މިއަހަރު ބާއްވާ ކުންމިން ފެއަރގައި ބައިވެރިވާ ރާއްޖޭގެ ފަރާތްތކުން ފުރަން ފަށައިފިއެވެ.

މިއަދު ފުރާފައިވަނީ އިކޮނޮމކް މިނިސްޓްރީގެ އޮފިޝަލުންނާއި ސަބާ މޯލްޑިވްސްގެ އޮފިޝަލުންނާއި ޓިޕިކަލް ސުވެނިއަރސް އާއި ނަސޫޖާ ޕްރައިވެޓް ލިމިޓުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ކުންމިންފެއަރގައި ރާއްޖޭގެ 8 ފަރާތަކުން ބައިވެރވާނެ ކަަމަށެވެ.

ކުންމިން ފެއަރ އަކީ ޗައިނާ އިން އިންތިޒާމުކޮށްގެން އޭސިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިފެއަރއެވެ. އިރުމަތީ އޭސިއާގެ ވަރަށް ގިނަ ޤައުމުތަކުން ފެއަރގައި ތަކެތި ބައިވެރިކުރާއިރު ދެކުނު އޭސިއާގެ ގިނަ ޤައުމުތަކުންވެސް ފެއަރގައި ތަކެތި ބައިވެރިކޮށް ބޮޑެތި ނަފާ ހޯދައެވެ.

ފެއަރގައި ތަމްސީލުވުން ފިޔަވައި އެހެން ހުރިހާ ޚަރަދުތަކެއް ހަމަޖައްސައިދެނީ ޗިއްނާއިން ހިލޭ ސާބަހަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް