އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންމިންފެއަރގަ ރާއްޖެ ބާރަށް ކުރިއަށް

ކުންމިންފެއަރގަ ރާއްޖެ ބާރަށް ކުރިއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު


ޗައިނާގެ ކުންމިންގައި މިއަދު ހެނދުނު ހުޅުވި ކުންމިން ފގެއަރގައި ރާއްޖޭގެ ސްޓޯލްތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާ ސައުތު އޭސިއާ ބިޒްނަސް ފޯރަމްގެ ޗެއަރގެ ޙައިޞިއްޔަތުން އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ތަޤްރީރުކުރައްވައިފައެވެ.

މުޙައްމަދު ސަޢީދުގެ ތަޤްރީރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވުމުން ރާއްޖޭގެ ސްޓޯލްތަކުގެ ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ފެއަރގައި ދިވެހިރާއްޖޭގެ ސްޓޯލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޗައިނާއަށް ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް އާއި ޗައިނާގެ ވައިސް ޕްރީމިއަރ އޮފް ސްޓޭޓް ކައުންސިލް މރ. ވާންގ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް