އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭމް ކުޅުމުގެ ތެރެއިން ހިދާޔަތްލިބި އިސްލާމްވި ފަރަންސޭސި ޑިޕޮލޮމެޓް ގާވީގެ ވާހަކަ

ގޭމް ކުޅުމުގެ ތެރެއިން ހިދާޔަތްލިބި އިސްލާމްވި ފަރަންސޭސި ޑިޕޮލޮމެޓް ގާވީގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

މިއީ މުސްލިމް ރަހްމަތޔެރިއަކާއިއެކު ވީޑިއޯ ގޭމްކުޅުމުގެ ތެރެއިން ހިދާޔަތް ލިބި އިސްލާމް ދީން އިޚްތިޔާރުކުރި ފަރަންސޭސި ވިލާތުގެ ޑިޕޮލޮމެޓް ގާވީ އިސްލާމް ދީން އިޚްތިޔާރުކުރި ގޮތުގެ ވާހަކައެއެވެ.

ގާވީގެ ބައްޕައަކީ އެއްވެސް ދީނެއް ޤަބޫލުކުރާމީހެއް ނޫނެވެ. މަންމައަކީ ކްރިސްޓިއަނެކެވެ. އޭނާ ބޮޑުވެފައިވަނީ ކްރިސްޓިއަނެއްގެ ގޮތުގައެވެ.
ގާވީ ބުނީ އޭނާގެ މުސްލިމް ރަހްމަތްތެރިއަކު ހުންނަ ކަމަށާއި އޭނާއަކީ މަޣްރިބް ކަރައިގެ މީހެއް ކަމަށެވެ. ޗުއްޓި ދުވަސް ދުވަހު ދެ މީހުން އެކުގައި ވީޑިއޯ ގޭމް ކުޅެއުޅޭ ކަމަށެވެ.

"ގޭމްކުޅެން ތިއްބައި ވެސް ނަމާދު ވަގުތެއް ޖެހިއްޖެނަމަ އޭނާ އެކްސްކިޔުޒްމީއެވެ ބުނެ ދަނީ ނަމާދުކުރަން. އަހަރެން ހިތަށް އަރަންފެށީ މިއީ ކޮން ފަދަ މީހެއްހޭ؟ ގޭމް ކިތަންމެ ސީރިއަސް ނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދެއޭ. ނިމެން ކިތަންމެ ކައިރިވެފައިހުރި ނަމަވެސް އެކަމަކަށްވެސް އެއްވެސް ސަމާލުކަމެއް ނުދެއޭ. އެދަނީ ނަމާދުކުރާށޭ."

ގާވީ ބުނީ އެފިކުރުތައް ކުރެވެން ފެށުމުން ނަމާދަކީ ކޮބައިތޯ އާއި އިސްލާމް ދީނަކީ ކޮބައިކަން ދަސްކުރަން ޝައުޤުވެރިކަން އުފެދުނު ކަމަށެވެ.
ގާވީ ބުނީ އޭނާ އެހެން ދީންތަކުގެ މައުލޫމާތުވެސް ހޯދި ކަމަށެވެ. ނަމަވެސް ޤްރްއާނަށްވުރެ ފުރިހަމަ ހަމަ އެއްވެސް ފޮތެއް އޭނާއަށް ނުފެނުނު ކަމަށެވެ.

"އެހިސާބުން ނަމާދުކުރުމުގެ ބޭނުމާއި މުހިންމުކަންވެސް އެނގުނު. އަހަރެން ބޭނުންވީ ނަމާދުކުރާ މީހަކަށްވާން. ރަޙްމަތްތެރިޔާ ފަދައިން އުޅޭ މީހަކަށްވާން. ސަލާމަތްކަން އޮތީ އެގޮތުންކަން ޔަޤީންކުރެވުނު."

މިހާރު ގަވީ އަކީ ޤަވާއިދުން ނަމާދުކުރާ މުސްލިމެކެވެ. އިސްލާމް ދީން މަތިވެރިކުރަން ބޭނުންވާ މީހެކެވެ.

ގާވީ އިސްލާމް ދީން އިޚްތިޔާރުކުރި ސަބަބުން ވެސް އެނގެނީ އިސްލާމް ދީން މަތިވެރިކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ރިވެތި ނަމޫނާ ދެއްކުން ކަމެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރުމުގައި އެހެން މީހުންނަށް ނަމޫނާ ދެއްކުންކަމެވެ. އެހެން ދީންތަކުގެ މީހުން ރުއްސަން އިސްލާމް ދީނުގައިވާ ގޮތްތަކަށް އަމަލުނުކޮށް ދޫކުރުމެއް ނެތްކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް