އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރުވާހަކަ- މުސްލިމުން އަބަދުވެސް ތިބޭނީ ޑިއުޓީގަ

ކުރުވާހަކަ- މުސްލިމުން އަބަދުވެސް ތިބޭނީ ޑިއުޓީގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މިއީ ޔޫރަޕްގައި އަލަށް އުފެއްދި އެއާލައިނެއްގެ ފުރަތަމަ ދަތުރުގައި ހިނގި ހާދިސާއެކެވެ. ފަސްޓް ކްލާސް ސީޓެއްގައި، މުސްލިމް ފިރިހެނަކު އިނެވެ.

ފްލައިޓް ނައްޓާލިތާ ކުޑަ އިރުކޮޅެއް ފަހުން އެއާހޮސްޓެސް އެއް، އެފިރިހެން މީހާއަށް ބުއިމެއް ތައްޔާރު ކޮށްގެން ގެނެސްދިނެވެ. ކޮމްޕްލިމެންޓްރީ ބުއިމެއްގެ ގޮތުގައެވެ. ނަމަވެސް އެބުއިން ހަދާފައި ހުރީ ބަނގުރާ އަޅައިގެންނެވެ.
އެތަށީގައި ހިފުމުގެ ކުރިން، އެއީ ކޮންކަހަލަ ބުއިމެއްތޯ މުސްލިމް ފިރިހެން މީހާ ސުވާލު ކުރިއެވެ. އެއީ ބަނގުރާ ހިމެނޭ ބުއިމެއްކަން އެނގުމުން، އޭގައި ހިފަން އޭނާ އިންކާރު ކުރިއެވެ.

އެއާހޮސްޓެސް އެތަށި ހިފައިގެން އެވަގުތު ދިޔައެވެ. ނަމަވެސް ވަރަށް ރީތިކޮށް ފަރުމާ ކޮށްފަހުރި ތަބަކަކާއި ތައްޓެއްގައި، އަނެއްކާވެސް އެބުއިން ހިފައިގެން މުސްލިމް ފިރިހެން މީހާ ކައިރިއަށް ދިޔައެވެ. ތަށީގެ ރީތިކަމަށް ބަލާފަވެސް އެމީހާ އޭގައި ހިފާތޯއެވެ. ނަމަވެސް އެފަހަރުވެސް އޭނާ އެތަށީގައި ހިފަން އިންކާރު ކުރިއެވެ. އަދި އޭނާއަކީ ރާބޯ މީހެއް ނޫން ކަމަށް ވެސް، ވަރަށް އަދަބުވެރިކަމާއިއެކު ބުންޏެވެ.

އެއާހޮސްޓެސް އެކަމާއި ކަންބޮޑުވިއެވެ. އަދި މެނޭޖަރު ކައިރީ އެވާހަކަ ބުނުމުން، ކުރިން ގެނައި ތައްޓާއި ތަބަކަށް ވުރެ މާރީތި ތައްޓަކާއި ތަބަކެއްގައި ހަމަ އެބުއިން ހިފައިގެން، އެމީހާ ކައިރިއަށް މެނޭޖަރު ދިޔައެވެ.

މުސްލިމް ފިރިހެން މީހާގާތު މެނޭޖަރު އެދުނީ، އެއީއެއެއާލައިނުގެ ފުރަތަމަ ދުވަސް ކަމަށް ވާތީ ކުޑަކޮށް ނަމަވެސް އެބުއިން ރަހަބަލާލުމަށެވެ. ޖަވާބުގައި އެމީހާ ބުނީ، އޭނާއަކީ މުސްލިމެއް ކަމަށާއި، މުސްލިމުން ރާ ނުބޯނެ ކަމަށެވެ.
އެވަރުން ވެސް މެނޭޖަރު ދުލެއް ނުކުރިއެވެ. އެއީ ކޮމްޕްލިމެންޓްރީ ބުއިމެއް ކަމަށާއި، ކުޑަކޮށް ވިޔަސް އެބުއިން ރަހަބަލާލަން ވަރަށް ބޮޑަށް އެދޭ ކަމަށް ބުންޏެވެ.

"ތިބުއިން އަހަރެންގެ ފަރާތުން ފްލައިޓް ދުއްވަން އިން ޕައިލަޓަށް ދީ" މުސްލިމް ފިރިހެން މީހާ ބުންޏެވެ.

"ޕައިލަޓަށް މިބުއިން ކިހިނެއް ދޭނީ؟ އެއީ ފްލައިޓު ދުއްވާ މީހާ. އޭނާ އެއިނީ ޑިއުޓީގައި. އޭނާއަށް މިދީފިއްޔާ، ފްލައިޓް ވެއްޓުމުގެ ޗާންސް ވަރަށް ބޮޑު"ވަރަށް ހާސްވެފައި މެނޭޖަރު ބުންޏެވެ.

މެނޭޖަރުގެ ޖަވާބުގައި މުސްލިމް ފިރިހެން މީހާ ބުންޏެވެ.

"އަހަރެން ކިހިނެއް ތިބޯނީ؟ އަހަންނަކީ އަބަދުވެސް ޑިއުޓީގައި ހުންނަ ފުރިހަމަ މުސްލިމެއް. އަހަރެން ތިބޮއެފިނަމަ، އަހަރެންގެ އީމާންތެރިކަން ހަމަޔަޤީނުން ވެސް އެވެއްޓުނީ އެވެ."
އޭނާ ބުނި އެއްޗެއް މެނޭޖަރަށް ވިސްނުނީ އެހިސާބުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ