އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ "އޯލް އޯކޭ" ޖަމާއަތަކާއި "މާތް ﷲ އެންގެވި ގޮތް ނޫން ގޮތެއް އޯކޭ ނޫން" ޖަމާއަތެއް އުފެދި އަރާރުން އިތުރުވަނީ

ރާއްޖޭގަ "އޯލް އޯކޭ" ޖަމާއަތަކާއި "މާތް ﷲ އެންގެވި ގޮތް ނޫން ގޮތެއް އޯކޭ ނޫން" ޖަމާއަތެއް އުފެދި އަރާރުން އިތުރުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ރާއްޖޭގަ "އޯލް އޯކޭ" ޖަމާއަތަކާއި "މާތް ﷲ އެންގެވި ގޮތް ނޫން ގޮތެއް އޯކޭ ނޫން" ޖަމާއަތެއް އުފެދި އަރާރުން އިތުރުވަމުން އަންނަ ކަމަށް ބުނެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.

އެއް ބައަކު ބުނަނީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް އެއީ ހުއްދަ ކަމެއްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށެވެ. ކޮންމެ މީހަކު ނުވަތަ ކޮންމެ ސަރުކާރަކުން ކުރި ނަމަވެސް އެއްވެސް މުންކަރާތަކީ މުންކަރާތެއް ނޫން ކަމަށް ޤަބޫލު ނުކުރާނެ ކަމަށެވެ. ޙަރާމް އެއްވެސް ކަމަކީ ޙަރާމް ނޫން ކަމެއް ކަމަށް ޤަބޫލު ނުކުރާނެ ކަމަށެވެ.

މިގޮތުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ކުރުމާއި އެކަން ކަމަށް ހިއްވަރުދިނުން، ކައިވެނީގެ ބޭރުން އަގު ދީފައި ޖިންސީ ގުޅުން ހިންގުމަށް ހިއްވަރު ދިނުން، ޤާނޫނު އަސާސީން ލިބިފައިވާ ހައްޤުތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުން އަދި އަދުލު އިންޞާފު ލިބުމުގައި ތަފާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ދުނިޔޭގައި މޫދު އަޑީގައި މިހައިތަނަށް ހަދާފައިވާ ފުރުތަމަ ބުދުކޯލު ރާއްޖޭގައި ހަދައި 30 އަށްވުރެ ގިނަ ބުދު ބަހައްޓާފައިވުން ވެސް ފާހަގަކުރެއެވެ.

އަނެއް ބައަކަށް މިއިން އެއްވެސް ކަމަކީ ކަމަކަށް ނުވެއެވެ. އެމީހުންގެ ކުރިމަތީގައި ހުރިހާ ވެސް ކަމަކީ ބްރިޖާއި 25 ބުރީގެ އިމާރާތް ފަދަ އުމްރާނީ ތަރައްޤީގެ މަަޝްރޫއުތަކެވެ. މިފަދަ ވިސްނުމުގެ މީހުން ޤަބޫލުކުރާ ގޮތުގައި ﷲ ތަޢާލާ އެންގެވި ގޮތް ނޫން އެހެން ގޮތެއް ޤަބޫލުނުކުރާ މީހުން ކުށްވެރިކުރާ ކަންކަންކޮށްގެން ނޫނީ ޤައުމު ކުރިއަކަށް ނުގެންދެވޭނެއެވެ. އިސްލާމް ދީން މަތިވެރިކުރަން އެކަންކަން ކުރަންޖެހެއެވެ.

އިސްލާމް ދީން ރާއްޖޭގައި ހިމާޔަތްކޮށް މަތިވެރި ކުރެވޭނީ އެކަންކަން ކޮށްގެންނެވެ.

ދީނީ އިލްމުވެރިންވެސް މިހާރު ވަނީ 2 ބައަކަށް ބެހިފައެވެ. އެއްބައަކު ފައުޅުގައި އޯލްއޯކޭ ޖަމާއަތަށް ތާއީދުކުރެއެވެ. އަނެއް ބައަކު ދަނީ އޯލްއޯކޭ ނޫން ޖަމާއަތަށް ފައުޅުގައި ތާއީދުކުރަމުންނެވެ.

މިކަންކަމާއި ގުޅިގެން ދިރާސާކުރައްވާ ބައެއް އިލްމުވެރިން ވިދާޅުވަނީ މިއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި މިކަންކަން އޮތް ނުފޯރާ ފަށަށް ފުޅައުވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ. ޝިޢީންނާއި ސުންނީންގެ މެދުގައި އޮންނަފަދަ ބޮޑެތި މައްސަލަތައް ދިވެހި ކުޑަކުޑަ މުޖުތަމައުގައި އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެފަދަ ފަރާތްތަކުން ބުނަނީ ސައުދިއަރަބިޔާއަށް މިހާރު ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި ކުރިމަތިވެގެން މިއުޅޭ ފަދަ މައްސަލަތަކެއް ކަމަށާއި ސައުދިއަރަބޔާގެ ޙާލަތުން ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރިކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް