އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމުން ނޫން މީހުންގެ ހިތްތައް ފަޅައިގެންދާ ބޮޑު މަންޒަރަކީ މިއީ! އިސްލާމް ދީން ދޫކުރާ ކޮންމެ މީހަކަށް 10 މީހުން އިސްލާމްވޭ!

އިސްލާމުން ނޫން މީހުންގެ ހިތްތައް ފަޅައިގެންދާ ބޮޑު މަންޒަރަކީ މިއީ! އިސްލާމް ދީން ދޫކުރާ ކޮންމެ މީހަކަށް 10 މީހުން އިސްލާމްވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ދުުނިޔޭގެ އާބާދީއަށް ބަލައިފިނަމަ މުސްލިމުންގެ އަދަދު ގާތްގަނޑަކަށް 3/1 އެވެ. އަނެއް 2 ބައި މީހުންނަކީ އެހެން ދީންތަކުގެ މީހުންނެވެ. އެކަމާއި މުސްލިމުން ކަންބޮޑެއް ނުވެއެވެ. އެހެން ދީންތަކުގެ މީހުންގެ ފަހަތަކުންވެސް ނުދުވެއެވެ. ހަމަ އެކަނި ބުނަމުން ދަނީ އަހަރެމެންގެ ދީން، އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ހުރަސް ނުއެޅުމަށެވެ.

އެހެންދީންތަކަށް މީހުން ވައްދުވަން ކުރާ މަސައްކަތާއި، ޚާއްޞަކޮށް އެންމެ ބައި ގިނަ ކްރިސްޓިއަން ދީނަށް މީހުން ވައްދުވަން ކުރާ މަސައްކަތާއި ގާތަކަށް ވެސް އިސްލާމް ދީނަށް މީހުން ވައްދުވަން މަސައްކަތެއްވެސް ނުކުރެވެއެވެ. އެހެންކަމާއިއެކުވެސް އެހެން ދީންތަކުގެ މީހުންނަށް މިއިން އެއްވެސް ޙަޖަމެއް ނުކުރެވެއެވެ.



ރަސްމީ ހިސާބުތަކަށް ބަލާއިރު ކްރިސްޓިއަނުންގެ އާބާދީއަކީ 2.2 ބިލިއަން (31.5%)އެވެ. މުސްލިމުންގެ އާބާދީއަކީ 1.6 ބިލިއަން (22.32%) އެވެ. ކްރިސްޓިއަނުންގެވެސް އަހަރީ އެއްވުން އޮވެއެވެ.

އިޒްރޭލުގައި ހުންނަ ފައްޅިއަކަށް ދިއުމެވެ. މުސްލިމުން ޙައްޖުވުމަށް ކުރާ ހޭދައަށްވުރެ މާކުޑަ ޚަރަދަކުން އެމީހުންގެ އަޅުކަން ފުރިހަމަވެސް ކުރެވެއެވެ. އެހެންކަމާއިއެކު ވެސް ދަނީ ވަރަށް މަދު މީހެކެވެ.

ކްރިސްޓިއަން މީހުންނަށް ދުނިޔޭގެ އަޣްލަބިއްޔަތު ހޯދިފައިވާ ހަމައެކަނިކަމަކީ ކްރިސްމަސް އާއި ނިޔުއިޔަރ ފާހަގަކުރުމުގައި މީހުން ބައިވެރިވުމެވެ. އެކަމުގައި ބަނގުރަލާއި މަސްތުވުމުގެ ޕާޓީތައް ބާއްވާތީއެވެ.

މިޔުޒިކާއި ފާހިޝް އަމަލުތަކުގެ ޕާޓީތައް ބާއްވާތީއެވެ. ރާއްޖެއަކީވެސް އެކަމުގައި ބައިވެރިވާ ޤައުމަކަށް މިހާރު މިވަނީ ވެފައެވެ.

އެހެންކަމުން ދީނީ ޢަޤީދާގެ ގޮތުން މުސްލިމުން ހޯދަމުންދާ ކުރިއެރުންތައް ހަޖަމް ކުރުމަކީ އެހެން ދީންތަކުގެ މީހުންނަށް ޙަޖަމް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. ޙައްޖުގެ ބޮޑު މަންޒަރު ފެނުމުން ހިތްތައް ދަނީ ފަޅަފަޅައިގެންނެވެ. ޢަރަފާތު ބިމަށް އެއްވެ ތިބޭ މަންޒަރާއި ޙަރަމްފުޅުގެ ވަށައިގެން މީސްތަކުން ޠަވާފްކުރާ މަންޒަރު ފެނުމުން އެމީހުންގެ ހިތްތައް ދަނީ ހަމަ ފަޅަފަޅައިގެންނެވެ.

އިސްލާމް ދީނާއި ދެކޮޅަށް ކުރާ ކެންޕޭނުތައް އިތުރުކުރި ނަމަވެސް އެކަމަކުން އެއްވެސް ނަތީޖާއެއް ނުނެރެވެއެވެ. އިސްލާމް ދީން ދޫކުރަނީ ވަރަށް މަދު މީހެކެވެ. ދޫކުރާ މީހަކަށް 10 މީހުން އެހެން ދީންތަކުން އިސްލާމް ދީނަށް ވަދެއެވެ. ނަތީޖާއަކީ ދުވަހެއް ދުވަހަކަށް އިސްލާމުންގެ އާބާދީ އިތުރުވަމުން ދިއުމެވެ. ދުޢާއަކީ އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު އަދިވެސް އިތުރުވެ އިސްލާމް ދީނަށް މަތިވެރިކަމާއިއެކު ނަޞްރު މިންވަރުކުރެއްވެވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް