އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން އައްޑޫ" ގައި މިފަހަރު ޕަވަރޭޑް ބޭނުން ކުރަނީ..

ޓީއެފްޖީ "ރަން އިން އައްޑޫ" ގައި މިފަހަރު ޕަވަރޭޑް ބޭނުން ކުރަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫސިޓީގައި މިމަހު ބާއްވާ "ރަން އިން އައްޑޫ" ގައި ޕަވަރޭޑް ބުއިން ބޭނުން ކުރުމަށް ނިންމާފައިވާކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ޓީއެފްޖީ އިން ބުނީ 1990 ވަނަ އަހަރު ދުނިޔޭގެ މާކެޓަށް ނެރެފައިވާ ޕަވަރޭޑަކީ ކުޅިވަރުކުޅޭ މީހުންގެ މެދުގައި ވަރަށް މަޤުބޫލު ބުއިމެއް ކަމަށެވެ. ޚާއްސަކޮށް ދިގުދުވުން ދުވާ މީހުންނަށް މިއީ ވަރަށް އެކަށޭނަ ބުއިމެއް ކަމަށެވެ.

އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ޕަވަރޭޑަކީ ޑިހައިޑްރޭޝަން ފިލުވާލާ ބުއިމެކެވެ.

ޓީއެފްޖީ އިން ބުނީ ރަން އިން އައްޑޫގައި މެރަތަން ދުވާ މީހުންނަށް ޕަވަރޭޑްގެ 4 ސްޓޭޝަން ނުވަތަ 4 މޭޒު ބަހައްޓާފައި ހުންނާނެ ކަމަށެވެ. ފުލް މެރަތަން (42.2 ކިލޯމީޓަރ) އާއި ހާފު މެރަތަން (21.1 ކިލޯމީޓަރ) ގެ ދުވުންޔެރުންނަށް ޚާއްސަކޮށްގެން ބެހެއްޓިނަމަވެސް ހުރިހާ ގިންތިއެއްގެ ދުވުންތެރިންނަށްވެސް ބޭނުންކުރެވޭނެ ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާ މި ދުވުމުގެ ފުލް މެރަތަން އާއި ހާފް މެރަތަން އަދި 10 ކިލޯމީޓަރުގެ ހުރިހާ ޖާގައެއް މިހާރު ވަނީ ފުލްވެފައެވެ. އަދި 5 ކިލޯމީޓަރުގެވެސް ބާކީ އޮތީ ވަރަށް މަދު ޢަދަދެކެވެ.

މި ދުވުމުގައި ދިވެހިރާއްޖެ، ޗައިނާ، ޖަޕާން އަދި އިންޑިއާ ދުވުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

"ރަން އިން އައްޑޫ"ގައި ފުރަތަމަ ފަށާނީ ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރގެ ދުވުމެވެ. އެދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށް ތާވަލުކޮށްފައިވަނީ ކަނބިހާ މަގުންނެވެ. ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާ އިރު، 10 ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. އަދި 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.

މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

"ބްރޭކް ޔޯ ސްޕީޑް" މި ޝިޢާރުގެދަށުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ މި ރޭހުގެ އެކްސްޕޯ އޮންނާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު ސިޓީ ހޯލުގައި ހެނދުނު 9 އިން ރޭގަނޑު 21:00 އަށެވެ. މި އެކްސްޕޯގައި ރޭސް ކިޓް ދޫކުރުން އޮންނާނެއެވެ.

މެއިން ސްޕޮންސަރއަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހުގެ އެހީތެރިކަން ޓީއެފްޖީން އަންނަނީ ހޯދަމުންނެވެ.

މިއީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. މީގެ އިތުރުން ލ. އަތޮޅުގައި އަންނަ އަހަރުގެ ޖެނުއަރީ 26/27 ގައި މި ސިލްސިލާގެ އިތުރުބޮޅެއް އޮންނާނެއެވެ.

މި އިވެންޓުތައް މާލޭ ސިޓީން ބޭރުގައި ބޭއްވިނަމަވެސް ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކޮކޯކޯލާ ލޯންގ ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް