އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން ލާމު" މެރަތަންގެ ބައިވެރިންނަށް ތަމްރީނުތައް ހެދުން ޓީއެފްޖީ އިން ހިލޭ..

ޓީއެފްޖީ "ރަން އިން ލާމު" މެރަތަންގެ ބައިވެރިންނަށް ތަމްރީނުތައް ހެދުން ޓީއެފްޖީ އިން ހިލޭ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ލ. އަތޮޅުގައި ބާއްވާ "ރަން އިން ލާމު" މެރަތަންގައި ތަމްރީނުތައް ހެދުން ޓީއެފްޖީ އިން ހިލޭ ހުޅުވާލައިފިއެވެ.

ޓީއެފްޖީ އިން މިއަދުނޫހަށް މަޢުލޫމާތުދެއްވަމުން އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ 26 އަދި 27 ގައި ބާއްވާ "ރަން އިން ލާމު" ގައި ބައިވެރިވާ ދުވުންތެރިންނަށް ތަމްރީނުތައް މިފަހަރު ހިލޭ ހަދައިދޭނެ ކަމަށެވެ.

މިސްތޯ ވިދާޅުވީ މި ތަމްރީނުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ނޮވެމްބަރ މަސް ނިމުމުގެ ކުރިން ރެޖިސްޓްރީވެ، ތަމްރީނުތައް ހަދަން ފެށުން މުހިންމު ކަމަށާއި ޚާއްސަކޮށް މެރަތަން އާއި ހާފު މެރަތަން ދުވާ ދުވުންތެރިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އެގޮތުން މި މަހުގެ 18 ވަނަ ތަމްރީނުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި "ހިލޭ" ތަމްރީނު ހަދަން ބޭނުންވާ ފަރާތްތަކުން http://www.gotorace.com/ މެދުވެރިކޮށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ތަމްރީނުތަކުގައި ބައިވެރިވެވޭނީ http://www.gotorace.com/ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީ ކުރުމުން ޕަރސެނަލް މެއިލްއަށް އަންނަ ކޮންފަރމޭޝަން ދެއްކުމުން ކަމަށެވެ.

ޓީއެފްޖީ އިން ހިލޭ ތަމްރީނުކޮށްދިނުމަށް ނިންމާފައިވަނީ ފުލް މެރަތަން (42.1 ކިލޯމީޓަރ)، ހާފު މެރަތަން (21.2 ކިލޯމީޓަރ) އަދި 10 ކިލޯމީޓަރުގެ ދުވުންތެރިންނަށެވެ. އަދި ތަމްރީނުތައް އޮންނާނީ ހަފުތާގެ 3 ދުވަހުއެވެ.

ތަމްރީނުތައް ބާއްވާ ތާވަލަށް ބަލާލާ އިރު، އަންގާރަ އަދި ބްރާސްފަތި ދުވަހު އޮންނާނީ 18:30 ގައެވެ. މިދުވަސްތަކުގައި އޮންނާނީ އިންޓަރވަލް ރަން އާއި ޓެމްޕޯ ރަން އެވެ. އަދި ހޮނިހިރު ދުވަހު ފަތިހު 05:30 ގައި އޮންނާނީ ލޯންގރަންއެވެ.

މީގެ އިތުރުން މިސްތޯ ވަނީ "ރަން އިން ލާމަށް" އެ އަތޮޅުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުހީބާ އެއްބާރުލުން ލިބޭ. ކައުންސިލުންވެސް އަދިރައްޔިތުންގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ. އެކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" މިސްތޯ ވިދާޅުވިއެވެ.

"ރަން އިން ލާމަކީ" އެންމެ ވަރުގަދަ އަދި އެންމެ ރީތި ރަންއަށް ހަދައިދޭނެކަމުގެ ޔަޤީންކަން އެ ފަރާތުން ދީފައިވާކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް