އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ނަހީކުރެއްވެވިކަންކަމުގަ ބީރު، ކަނު، މަންމަން އެކަމަކު ހުރިހާ ކަމެއް އެންމެ ފުރިހަމަ އަންހެން ކުއުއްޖާގެ ވާހަކަ!

ﷲ ނަހީކުރެއްވެވިކަންކަމުގަ ބީރު، ކަނު، މަންމަން އެކަމަކު ހުރިހާ ކަމެއް އެންމެ ފުރިހަމަ އަންހެން ކުއުއްޖާގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ޒުވާނަކު ބަނޑުހައިވެފައި ހުރި މީންވަރު ބޮޑުކަމުން މީހެއްގެ މޭވާ ދަނޑަކުން އެ ދަނޑުގެ ވެރިމީހާގެ އިޒުނަ އާއި ނުލައި މޭވާއެއް ބިނދެގެން ކައިލިއެވެ. ތިމާއަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން ވިސްނުނީ ގެއަށް ދެވުނު ފަހުންނެވެ.

އެކަން ވިސްނުމުން ޒުވާނާ އަވަސްވެގަތީ ދަނޑުގެ ވެރިމީހާ ހޯދައި އެކަމަށް މަޢާފަށް އެދުމަށެވެ. އޭނާ އާއި ބައްދަލުކޮށް ކުށަށް މާފުކޮށްދޭތޯ އެތައްފަހަރަކު އާދޭސްކުރުމުން ވެސް ބުނީ މަޢާފް ނުކުރާނެ ކަމަށެވެ.

ދަނޑުވެރިޔާ މާފް ނުކުރާނެ ކަމަށްބުނެ ގެއަށް ވަނުމުންވެސް ގޭގެ ދޮރުމަތިން ޒުވާނާ ދުރަކަށް ނުދިއައެވެ. ގޭ ދޮރުމަތީގައި ހަމަ ހުރިގޮތަށް ހުރީއެވެ. އެހެން ހުއްޓާ ޖެހިގެން އައި ނަމާދުވަގުތު ވުމުން ދަނޑުވެރިޔާ ނަމާދަށް ނުކުތުމުން ޒުވާނާ އެދުނީ ހަމަ އޭނާއަށް މަޢާފްކޮށްދިނުމަށެވެ.

މިފަހަރު ދަނޑުވެރިޔާ ބުނީ މާފުކުރެވޭނީ ހަމަ އެންމެ ޝަރުޠެއްގެމަތީން ކަމަށާއި އެ ޝަރުޠަކީ އޭނާގެ ހުރި ޒުވާން އަންހެން ދަރިއަކާއި ކައިވެނިކުރުން ކަމަށެވެ. ނަމަވެސް އެ ކުއްޖާއަކީ ލޮލަށް ނުފެންނަ، ކަންފަތަށް އަޑު ނުއިވޭ، ދުލުން ވާހަކަ ނުދެއްކޭ ކުއްޖެއްކަމަށެވެ.

ޒުވާނާއަށް ކުޑަކޮށް ވިސްނައިލަންޖެހުނެވެ. ވިސްނައިލިއިރު އެފަދައިން މީހެއްގެ ހައްޤަކަށް އަރައިގަނެގެން (މީހެއްގެ ހުއްދަ ނެތި އެމީހާގެ ދަނޑުން މޭވާއެއް ކައިގެން) ހުއްޓައި މަރުވެއްޖެނަމަ ލިބޭނެ އަޒާބު ވަރަށް ބޮޑެވެ. އެހެންވެ އެހުރިހާ "އުނިސިފަތަކެއް" ހުރި ނަމަވެސް ޒުވާނާ ޤަޞްދުކުރީ އެ ކުއްޖާ އާއި ކައިވެނިކުރާށެވެ. މިދުނިޔޭގައި ކޮންމެ ހާލެއްގައި އަނބި މީހާ ގޮވައިގެން އުޅެންޖެހުނު ނަމަވެސް ޢާޚިރަތް ދުވަހުގެ ސަލާމަތްކަމަށް އެދިގެންނެވެ.

ކައިވެނިކޮށްދިނުމަށްފަހު އަންހެން ކުއްޖާ އޮތް ކޮޓަރިއަށް ޒުވާނާ ފޮނުވީ އުއްބައްތިއެއް އަތަށް ދީފައެވެ. ކޮޓަރިއަށް ވަދެ ސަލާމް ގޮވާލުމުން ޖަވާބުވެސް ދީފިއެވެ. މިކަމުގެ ސަބަބުން ޒުވާނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަބަބަކީ އޭނާ އިންތިޒާރުކޮށްގެންހުރީ، ކަނު، ބީރު ވާހަކަ ނުދެއްކޭ އަންބަކަށް ވާނެ ކަމަށް ކަމުގައިވާތީއެވެ.

ސަލާމް ބަލައިގަތުމުން ލިބުނު ސިހުމާއިއެކު އަނބިމީހާގެ ކަންފަތަށް އަޑުއިވެތޯ ވެސް ސުވާލުކުރިއެވެ. އަނބިމީހާ ބުނީ ވަރަށް ފުރިހަމައަށް އަޑު އިވޭ ކަމަށެވެ. އަދި އެފަދަ ސުވާލެއް ކުރަންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން އަނބިމީހާ އާއި ބެހޭގޮތުން ބައްޕަ ކިޔައިދިން ވާހަކަތައް ބުނެދިނެވެ. އަދި ބައްޕައަކީ ދޮގުވެރިއެއްކަމަށްވެސް ބުންޏެވެ.

އަނބިމީހާ ބުނީ ބައްޕައަކީ ދޮގުވެރިއެއް ނޫން ކަމަށާއި ބައްޕަ ދެއްކި ވާހަކަތަކުގައި ހަޤީޤަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާތްﷲ ބެލުން ހަރާމް ކުރައްވަވާފައިވާ އެއްވެސް ތަނެއް އޭނާއަށް ނުފެންނާނެ ކަމަށެވެ. (މާނައަކީ އެފަދަ ތަނަކަށް ނުބަލާނެ ކަމެވެ) ފާހިޝް ވާހަކަތަކާއި ބޭކާރު ވާހަކަތައް ކަންފަތަށް އަޑު ނުއިވޭނެ ކަމަށާއި އެފަދަ ވާހަކަތައް އަޑުއެހުމަށް އޭނާގެ ދެކަންފަތް ވަނީ ބީރުވެފައި ކަމަށެވެ. ހަމައެއާއިއެކު ﷲ ނަހީ ކުރައްވަވާފައިވާ ވާހަކަތައް ދެއްކުމަށް އޭނާގެ ދޫ ތަން ނުދޭކަމަށާއި އެހާލަތުގައި އޭނާ އަކީ މަންމަނެއް ކަމަށެވެ. (މާނައަކީ ފާހިޝް، ފިތުނަވެރި ދޮގު ވާހަކަތައް ފަދަ މާތްﷲ ނަހީ ކުރައްވަވާފައިވާ ވާހަކަތައް ނުދައްކާނެ ކަމެވެ.)

މިކަންކަމަށްޓަކައި ޒުވާނާ ވަރަށް އުފާކޮށް ދެމަފިރިން ހަޔާތް ވޭތިކުރީ ވަރަށް އެކުވެރިކަމާއިއެކު އުފަލުގައެވެ. ބުނެވޭ ގޮތުން އިމާމް އަބޫ ހަނީފާ (ހަނަފީ މަޒުހަބުގެ އިމާމް) އަކީ ދެ ކަނބަލުންނަށް މާތްﷲ ދެއްވެވި ދަރިކަލެކެވެ.

މިއީ މިއަދުގެ ޢަޞްރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެދެއްވި ވާހަކައެކެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް