އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާބަށް ރައްދު ނުދިނީމަ މަލާއިކަތުން ރައްދު ދެއްވާ! ރައްދު ދިނީމަ ޝައިޠާނާ ފާވޭ- ޝައިޚް މަންޞޫރު

ޒުވާބަށް ރައްދު ނުދިނީމަ މަލާއިކަތުން ރައްދު ދެއްވާ! ރައްދު ދިނީމަ ޝައިޠާނާ ފާވޭ- ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

"ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އަޞްހާބް ބޭކަލުން މަޖިލީހެއްގައި ތިއްބެވި. އަބޫބަކުރުގެފާނު ވެސް އިންނެވި. މި މަޖިލީހަށް އައުރާބީންގެ މީހަކު އައިސް އަބޫބަކުރުގެފާނަށް ބަދު ބަސްތައް ބުނަން ފެށި. ހަޑިހުތުރު އެއްޗެތި ގޮވަން ފެށި.

ފުރަތަމަ ފަހަރު އެއްެވެސް ރައްދެއް ނުދެއްވައި އަބޫބަކުރުގެފާނު މަޑުން އިންނެވީ. ދެވަނަ ފަހަރު އެފަދަ ބަސްތައް ބުނުމުންވެސް ރައްދެއް ނުދެއްވައި މަޑުން އިންނެވީ. 3 ވަނަ ފަހަރު ބަސްތައް ބުނަން ފެށުމުން އަބޫބަކުރުގެފާނު އެއަށް ކޮންމެވެސް ވަރެއްގެ ރައްދެއް ދެއްވި.

އެހިސާބުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެތަނުން ތެދުވެވަޑައިގެން ހިންގަވާ ވަޑައިގަންނަވަން ފެށްޓެވި. ފަހަތުން ވަޑައިގެން އަބޫބަކުރުގެފާނު ވިދާޅުވި އެމީހާ ތިމަންކަލޭގެފާނަށް އެއްޗެތި ގޮވީ ކަލޭގެފާނު (ޞޢވ) އިންނެވި މަޖިލީހެއްގައޭ. ނަމަވެސް 3 ވަނަ ފަހަރު އެއްޗެތި ގޮވުމުން ތިމަންކަލޭގެފާނު ރައްދު ދެއްވުމުން ކަލޭގެފާނު ކޯފާއިސްކުރެއްވީތޯއޭ. ކަލޭގެފާނު ތެދުވެވަޑައިގެން ތިއަ ވަޑައިގަންނަވަނީ.

ދެން ރަސޫލާ (ޞޢވ) ޙަދީޘްފުޅުކުރައްވަވަނީ އޭ އަބޫބަކުރު (ރޢ) އެވެ. ކަލޭގެފާނާއި ދިމާއަށް އެމީހަކު އެއްޗެތި ގޮވުމުން ފުރަތަމަ ފަހަރު ކަލޭގެފާނު އިންނެވީ ހަނުއޭ. އެއްވެސް އެއްޗެއް ވިދާޅެއް ނުވަމުއޭ. އެހިނދު މާތްﷲ އުޑުން މަލާއިކަތްބޭކަލެއް ބާވައިލައްވައި އެބޭކަލަކު އެމީހާ ދޮގުކުރިއޭ. އޭނާއަށް އެ މަލާއިކަތް ބޭކަލަކު ރައްދު ދެއްވިއޭ. ދެވަނަ ފަހަރުވެސް މަލާއިކަތްބޭކަލަކު އޭނާ ދޮގުކުރެއްވިއޭ، އަދި އޭނާއަށް ރައްދު ދެއްވިއޭ. ނަމަވެސް 3 ވަނަ ފަަހަރު ކަލޭގެފާނު އޭނާއަށް ރައްދުދެއްވުމުން ޝައިޠާނާއެތަނަށް ވެރިވެގެންފިއޭ. ޝައިޠަނާ އެތަނަށް ހާޒިރުވެއްޖެއޭ. އެހެންކަމުން ތިމަންކަލޭގެފާނު އެތަނުގައި އިންނެވުމަށް ލޯބިފުޅު ނުކުރެއްވެވީއޭ."

ޝައިޚް މަންޞޫރު ވިދާޅުވީ މިއީ ކުޑަކުޑަ ވާހަކަކޮޅެއް ނަމަވެސް ޢިބްރަތުން ފުރިފައިވާ ވާހަކަކޮޅެއް ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މީހަކަށް މީހަކު އެއްޗެތި ގޮވުމުން އެއަށް ޖަވާބުނުދީ މީހަކު މަޑުން އިނދެއްޖެނަމަ ޝައިޠާނާ އެތަނަށް އައިސް މީސްތަކުންނަށް ވަސްވާސްދޭނެ ކަމަށެވެ. މަޑުން އެއިނީ އެމީހާއަކީ އެފަދަ މީހަކަށް (ކުށްތަކެއް ކޮންގެން ހުރި މީހަކަށް) ވާތީ ކަމަށް ބުނެ މީސްތަކުންނަށް ފަތުވާ ދޭނެ ކަމަށެވެ. ނޫންނަމަ ދިފާއުގައި ކޮންމެ އެއްޗެއް ބުނާނެކަމަށް ވިސްނައިދޭނެ ކަމަށެވެ. އެފަދަ ވަސްވާސްތަކުގެ ސަބަބުން އެހެން މީހުންނަށްވެސް ޝައިޠާނާގެ ބަސް ޤަބޫލުކުރެވޭ ކަމަށެވެ.

ޝައިޚް މަންޞުރު ވިދާޅުވީ ނޫން ނަމަ ރައްދު ދިނުމަށް ބައެއް ފަހަރު ޝައިޠާނާ ހިތްވަރުދޭނެ ކަމަށެވެ. "ޝައިޠާނާ އައިސް ބުނާނެ ކަލޭ ދެރައެއް ނުވާނެއޭ އެއްޗެތި ކިޔާކަށްވެސް އަދި ރައްދުދޭކަށްވެސް. އެހެންވީމާ ރައްދުދޭށޭ. ނޫންނަމަ ކަލޭ ބައްޔެއްވެސް ނުވާނޭ. ބުނާ ބަސްތައްވެސް (އޭނާގެ) މޮޅެއް ނުވާނެއޭ ކަލޭގެ މާބާރުވެސް ގަދަވާނެއޭ. ނިކަން އެތިފަހަރެއް ޖަހާބަލާށޭ. އެއްވެސް ކަމެއް ނުކުރެވޭނެއޭ އޭނާއަކަށް. މީހުންގެ ކުރިމަތީގައި ކަލޭގެ ޤަދަރުވެސް އަރައިގެންދާނީ އެހެން ހެދީމަ ނޫންހޭ. ނޫންނަމަ ކަލޭގެ އަގު ދާނީ ވެއްޔާއި މޮޑެވިގެންނޭ."

ޝައިޚް މަންޞޫރު ވިދާޅުވީ މިފަދަ އިޙްޞާޞްތައް މީހުންނަށް ކުރެވޭ ކަމަށެވެ. މިފަދަ ވަސްވާސްތައް ޝައިޠާނާ ދޭނެ ކަމަށެވެ. މިކަންކަމުން އެނގެނީ ރައްދު ނުދީ ހުރުމަކީ ތިމާގެ ދެރަކަން ނޫންކަމާއި މޮޅުކަން ކަމަށެވެ. "އެމީހާ ރައްދު ނުދިންނަމަ މާތް ﷲ މަލާއިކަތް ބޭކަލުން ފޮނުއްވައިގެން ރައްދު ދެއްވާނެކަން މިވާހަކަތަކުން އެނގިގެން މިދިއައީ."

އެހެންކަމުން މީހަކު އެއްޗެތި ގޮވި ނަމަވެސް ކެތްތެރިވެގެން މަޑުން ހުރުމަށް، އެމީހަކަށް ރައްދު ނުދިނުމަށް ޝައިޚް މަންޞޫރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް