އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަލިއްޔުލްއަމުރު އިޚްތިޔާރުކުރުމަކީ މަޝްވަރާގެ އުޞޫލުން ކުރަންޖެހޭ ކަމެއް: ޚުޠުބާ

ވަލިއްޔުލްއަމުރު އިޚްތިޔާރުކުރުމަކީ މަޝްވަރާގެ އުޞޫލުން ކުރަންޖެހޭ ކަމެއް: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ވަލިއްޔުލް އަމުރު އިޚްތިޔާރުކުރަންޖެހޭނީ މަޝްވަރާގެ އުޞޫލުން ކަމަށާއި އިސްލާމީ އުންމަތުގެ ޚަލީފާއިން އެ އުޞޫލުން އަމަލުކުރައްވަވާފައިވާ ކަމަށް މިއަދު ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ޚުޠުބާގައިވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަޔާތްޕުޅުގައި އިތުރު މާތް ނަބިއްޔާއަށްފަހު އުންމަތުގެ ވަލިއްޔުލްއަމުރު ކަމަށް ޢައްޔަނު ކުރައްވަވާނެ ބޭފުޅަކު ކަނޑައަޅުއްވަވާފައި ނުވާ ކަމަށެވެ. އެކަން އިތުރު މާތް ނަބިއްޔާ ދޫކޮށް ލެއްވެވީ މީސްތަކުންގެ މެދުގައި މަޝްވަރާކޮށްގެން ހަަމަޖެއްސުމަށް ކަމަށެވެ.

އެހެންކަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔެ ދޫކުރެއްވެވުމުން މުސްލިމުންގެ ޚަލީފާއަކު ކަމުގައި އަބޫބަކުރުގެފާނު ޢައްޔަނުކުރެވުނީ މަޝްވަރާގެ އުޞޫލުން ކަމަށެވެ.

ެއެހެންނަމަވެސް އަބޫބަކުރުގެފާނު ވަނީ އަބޫބަކުރުގެފާނަށްފަހު އުންމަތުގެ ޚަލީފާއަކަށް އިސްކުރުމަށް އަބޫބަކުރުގެފާނު ވަޞިއްޔަތް ކުރެއްވެވި ކަމަށެވެ. އަބޫބަކުރުގެފާނުގެ އެ ވަޞިއްޔަތްފުޅު މީސްތަކުން ޤަބޫލުކުރި ކަމަށެވެ.

ހަމައެއާއިއެކު ޢުމަރުގެފާނު އަވަހާރަވުމުގެކުރިން ޢުމަރުގެފާނު އަވަހާރަވުމަށްފަހު ޚަލީފާކަމަށް އިސްކުރާނެ 6 ބޭފުޅެއްގެ ނަންފުޅު ވިދާޅުވި ކަމަށާއި ޢުމަރުގެފާނު އަވަހާރަވުމުން މީސްތަކުން ޚަލީފާއަކު އިސްކުރީ ޢުމަރުގެފާނު ކުރެއްވެވި ވަޞިއްޔަތާއި އެއްގޮތަށް މަޝްވަރާކޮށްގެން ކަމަށެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ވެރިންނަށް ކިޔަމަން ވުމަށް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ބައެއް އާޔަތްތައް ބަޔާންކުރައްވައިފައެވެ. އެހެން ނަމަވެސް ވެރިންގެ ކިބައިން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް