އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޑިހުތުރުބަހުން މުޢާމަލާތު ނުކުރުމަށް އިމްމާމް އެސްއޯ ފުލުހުންނަށް ގޮވާލައްވައިފި

ހަޑިހުތުރުބަހުން މުޢާމަލާތު ނުކުރުމަށް އިމްމާމް އެސްއޯ ފުލުހުންނަށް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މިއަދުގެ ހުކުރު ޚުޠުބާގައިވަނީ ހަޑިހުތުރު ބަހުން މުއާމަލާތު ނުކުރުމަށް އިމާމް ގޮވާލައްވައިފައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ހަޑިހުތުރުބަހުން މުޢާމަލާތު ކުރަނީ އެސްއޯ ފުލުހުންނެވެ. އެހެންކަމުން އިމާމް ގޮވާލައްވާފައި އެވަނީ އެސްއޯ ފުލުހުންގެ ބަސްމަގު އިޞްލާޙްކުރުމަށް ކަމަށް ބެލެވެއެވެ.

ޒުވާބުކުރުމާއި ހަޑިހުތުރު ބަހުރުވައިން މުޢާމަލާތު ކުރުމުގެ ޘަޤާފަތެއް ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން އޮތް ނަމަވެސް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ މުޖުތަމައުން އެކަންކަން ވަނީ ވަރަށް ބޮޑަށް އުވިގެން ގޮސްފައެވެ. އެފަދަ ޘަޤާފަތެއް ރާއްޖޭގައި އޮތީ "ވަކަރުގޭ ކުދިން" ކިޔާ ބައަކު މަގުތަކުގައި އުޅުނު ދުވަސްވަރެއްގައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ސްކޫލްތައް ހުޅުވައި ތައުލީމް އާންމުކުރުމާއިއެކު އިޖުތިމާޢީ މިފަދަ މައްސަލަތައް މިހާރު ވަނީ މުޖުތަމައުން ނެތިގެން ގޮސްފައިކަމަށް ވެސް ބުނެވިދާނެއެވެ.

ހަޑިހުތުރުބަހުން މުޢާމަލާތުކުރުމަކީ ދިވެހިން މިހާރު ވަރަށް ބޮޑަށް ނަފުރަތުކުރާ ކަމަކަށްވާތީ ބާޒާރުމަތިން ވެސް އެފަދަ ކަންކަން މިހާރު ފެންނަނީ ވަރަށް މަދުންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް