އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ނުކުރަންވީ ކަންކަމުގެ ވާހަކަ ޚުޠުބާގަ ނުގެނައީ ކީއްވެ؟

ރަމަޟާން މަހު ނުކުރަންވީ ކަންކަމުގެ ވާހަކަ ޚުޠުބާގަ ނުގެނައީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ރަމަޟާން މަހަކީ ސަވާބާއި ދަރުމައިން ފުރިގެންވާ މައްސަރެއްކަމާއި ވީހައި ގިނައިން ހެޔޮ އަމަލުކުރަން އޮތް މައްސަރެއްކަން ހުރިހާ ދިވެހިންނަށްވެސް އެނގެއެވެ. އަމަލު ނުކުރާ ބައަކު ނުކުރަނީ އެކަންކަން ނުއެނގޭތީއެއް ނޫނެވެ.

ގިނަ ބައަކަށް ނުއެނގިފައި މިވަނީ ރަމަޟާން މަހު ނުކުރަންވީ ކަންކަމެވެ. އެހެންކަމުން ޚުޠުބާތަކުގައި އެބައިވެސް ހިމެނުން ވަރަށް މުހިންމުކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

މިސާލަކަށް ދަންނަވާނަމަ ސަރުކާރުން ޝައިޠާނާގެ ހަނދާނުގައި ބާއްވާ އެހަނދާން ޝޯ ބޭއްވުމަކީ އަދި އެފަދަ ޝޯތަކުގައި ބައިވެރިވުމަކީ ކުރަން ހެޔޮނުވާނެ ކަމެއްކަން ނުއެނގޭ ބައަކު ބައަކު އެބައުޅެއެވެ.

މިފަދަ ޝޯތަކުގައި ބައިވެރިވާ މީހުންގެ ކިބައިން މީސްތަކުންނަށް މިފެންނަނީ ހަމައެކަނި ލަވައެއް ކިޔާލާ ތަނެވެ. ލަވަކިޔަން ފަރިތަކުރަން ހޭދަވި ވަގުތާއި ތައްޔާރުވާން ހޭދަވި ވަގުތާއި ހެދުން ފަހަން ކުރި މަސައްކަތާއި ލަވައަށް ނަށަން ދަސްކުރަން ހޭދަކުރި ވަގުތު އެނގޭނީ އެކަންކުރި މީހަކަށެވެ.

ލަވަކިޔުން އެއް ފަރާތްކޮށްފައި މިކަންކަމަށް ބަލައިލި ނަމަވެސް ރަމަޟާން މަހުގެ ބަރަކާތްތެރި ވަގުތުތަކުގެ ތެރެއިން ނަގައިލެވުނީ ކިހައި ވަގުތެއްކަމާއިމެދު ވިސްނައިލެވޭބާވައެވެ!

އޮފީސްތަކުގެ އެތެރޭގެ ކުޅިވަރު މުބާރާތްތަކާއި އޮފީސްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ވެސް ކަންކަން ހުރީ ހަމަ މިފަދަ ގޮތަކަށްކަމަށްވާއިރު ރޯދައަށް ކުރިމަތިލާން ވަގުތު މިހައިކައިރިވެފައިވަނިކޮށް މިއަދު ކިޔާފައިވާ ޚުޠުބާގައި މިފަދަ އެއްވެސް ކަމަކަށް އަލިއަޅުވާލާފައި ނެތުމުން މުޖުތަމައުގައި މިފަދަ ކަންކަން ޢާންމުވުމަށް ދަނީ ހިތްވަރު ލިބެމުންނެވެ. މިފަދަ ކަންކަން ނުކުރުމަށް ދީނީ އިލްމުވެރިން ނަޞޭޙަތް ދެއްވި ނަމަވެސް ސަރުކާރުން ނެރޭ ޚުޠުބާތައް ފަދަ ވަސީލަތްތަކުގައި އެފަދަ ވާހަކަތައް ނުދެއްކުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވަނީ ޙައްޤު ބަސް ވިދާޅުވާ ދީނީ އިލްމުވެރިންނަށެވެ.

މުޖުތަމައުގައި ހުރި ދީނީ މައްސަލަތައް އިޞްލާޙްކުރުމުގެ ރަނގަޅު ނިޔަތެއް ސަރުކާރުގައި އޮންނަމަ މިފަދަ ޝައިޠާނީ ޝޯތަކާއި މުބާރާތްތަކެއް ނުބާއްވާނެއެވެ. އަދި އެކަންކަން ނުކުރުމަށް ޚުޠުބާތަކުގައި އިލްތިމާސްކުރާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް