އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރުވެރިންނާ ސިހުރުވެރިންގެ ގާތަށް ގޮސް، ބަސް ޤަބޫލުކުރާ މީހުންނަކީ މުސްލިމުންނެއް ނޫން: ޚުޠުބާ

ސިހުރުވެރިންނާ ސިހުރުވެރިންގެ ގާތަށް ގޮސް، ބަސް ޤަބޫލުކުރާ މީހުންނަކީ މުސްލިމުންނެއް ނޫން: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ސިހުރުވެރިންނަކީ އަދި ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ޤަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ ބައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ކިޔައިފިއެވެ. އެކަމަށް ދަލީލުދައްކައި ބުނެފައިވަނީ ސިޙުރު ހެދުމާއި ސިހުރު ހެއްދުވުމަކީ ކަނޑައެޅިގެން ޙަރާމް ކަންކަން ކަަމަށްވާއިރު އެއްވެސް ހެޔޮ ނިޔަތެއް އޮވެގެން ނުވަތަ ހެޔޮނިޔަތެއްގައި ޙަރާމް އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ.

ސިހުރު ހަދާ މީހާ އާއި ސިހުރު ހައްދުވާ މީހާއަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އުންމަތުގެ މީހެއް ނޫންކަން ވެސް ޚުޠުބާގައި ވަނީ ޙަދީޘްފުޅުން ސާބިތުކޮށްދީފައެވެ. "މީހުން ސުންޕާ ކުރުވާ މީހާ އާއި މީހަކު ސުންޕާކޮށްދިނުމަށް އެދޭމީހާއަކީ، އަދި ފާލު ބަލާ މީހާ އާއި ފާލު ބަލައިދިނުމަށް އެދޭމީހާއަކީ އަދި ސިހުރު ހަދާ މީހާ އާއި އަދި ސިހުރު ހަދައިދިނުމަށް އެދޭ މީހާއަކީ ތިމަންކަލޭގެފާނުގެ ޖަމާއަތުގައި ވާ ބައެއް ނޫން" ކަމަށް ރަސޫލާ (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅު ވެސް ޚުޠުބާގައި ވަނީ ބަޔާން ކޮށްފައެވެ.

"ޙަދީޘްގައި އޮތީ އެފަދަ މީހުންނަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހެއް ނޫން ކަމަށް. އެހެންވީމާ އެއީ މުސްލިމުންނެއް ނޫން." ކަމަށްވެސް ޚުޠުބާގައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް