އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރާ މޮޅުކަން ކޯޓުތަކުގަ ދައްކައިގެން އެހެން މީހުންގެ މުދާ ނުހޯދުމަށް ޚުތުބާގަ އިލްތިމާސްކޮށްފި

ބާރާ މޮޅުކަން ކޯޓުތަކުގަ ދައްކައިގެން އެހެން މީހުންގެ މުދާ ނުހޯދުމަށް ޚުތުބާގަ އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ތިމާއަށް ލިބިފައިވާ ބާރާއި މޮޅުކަން ކޯޓުތަކުގައި ދައްކައިގެން އެހެން މީހުންގެ މުދައު ނުހޯދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.

"އަތްމަތި ދަތިކަމެއް ނުވަތަ ބަނޑުހައި ހޫނު ކަމެއް ކުރިމަތިވާ ކޮންމެ ފަަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ ހަލާލް މުދާ ފޭރުމަކީ ނުވަތަ ވަގަށް ނެގުމަކީ ނުވަތަ ކޯޓުމެދުވެރިކޮށް ތިމާގެ ބަސްމޮށުންތެރިކަމުގެ ކު:ަދާނަކަމާއި ދައްކާ ޙުއްޖަތުގެ ވަރުގަދަކަމުން އަތުލުމަކީ ހުއްދަވާނެ ކަންކަމެއް ނޫނެވެ."

ރިވެތި އަޚްލާޤްގެ މުހިންމުކަން ބަޔާންކޮށް ރިވެތި އަޚްލާޤީ ސިފަތަކުގައި ހިފަހައްޓަން ވަރަށް ބޮޑަށް ބާރުއަޅާފައިވާ މިއަދުގެ ޚުޠުބާގައި ވަނީ އިސްލާމް ދީނަކީ އެންމެ މާތް ދީންކަމަށް ބުނަމުން ގެންދާއިރު އިސްލާމީ މުޖުތަމައުތަކުން މިއަދު މިފެންނަ އަޚްލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ، އެ މާތް ދީނާއިމެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގު ފަހިކުރުވައިފާނެ ކަމެއް ކަމަށެވެ.

ޚުޠުބާގައިވަނީ ޓެކްނޮލޮޖީ އާއި އެނޫން ގޮތްގޮތުން ކުރިއަރައި ދިއަ ނަމަވެސް ރިވެތި އަޚްލާޤީ ސިފަތައް މުސްލިމުންގެ ކިބައިގައި ނެތްނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

ރިވެތި އަޚްލާޤްގެ މާތްކަން ބަޔާންކުރައްވައި ޚުތުބާގައިވަނީ މީހެއްގެ ރިވެތި އަޚްލާޤުގެ ސަބަބުން އެމީހާއަކީ ރޭއަޅުކަންކޮށް ދުވާލު ރޯދަ ހިފާ މީހެއްގެ ދަރަޖައަށް އެމީހާގެ މާތްކަން ހިނގައިދާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ. އަދި ހެޔޮ ކަމުގެ މީޒާނުގައި ރިވެތި އަޚްލާޤަށްވުރެ ބުރަ އެއްވެސް އެއްޗެއް ނުވާކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Baree 2018-01-05 19:06:45

MIRA ge vaahajatha askhu eydhakanee


އަބްދުއްލަތީފް