އެންމެ ބޮޑު ފައިދާއެއް ލިބެނީ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް ކުރުން މަތީ ދެމިހުރުމުން: ޑރ. ބިލާލް ފިލިޕްސް
އެންމެ ބޮޑު ފައިދާއެއް ލިބެނީ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް ކުރުން މަތީ ދެމިހުރުމުން: ޑރ. ބިލާލް ފިލިޕްސް
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު
ހެޔޮ އަމަލުތައް ކުރުން ދޫކޮށްލުމެއް ނެތެވެ. އޮތީ ދެމިހުރުމެވެ. ހެޔޮ އަމަލުތައް ކުރަންވީ ދޭތެރެދޭތެރެއަކުން ނޫނެވެ. ދޭތެރެ ދޭތެރެއިން ނަމަވެސް ހެޔޮ އަމަލެއް ކުރުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ހެޔޮ އަމަލުތައް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ އެ އަމަލުތައް ކުރުން މަތީގައި ދެމިހުރުމެވެ. އަބަދުވެސް ހެޔޮ އަމަލުކުރުންމަތީގައި ސާބިތުވެ ހުރުމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޞަހީޙް ޙަދީޘްފުޅުން މިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މަޤްބޫލުވެގެންވާ އަމަލަކީ އެ އަމަލަކީ ކިތަންމެ ކުޑަ އަމަލެއް ނަމަވެސް އެކަމެއް ކުރުމުގައި ދެމިހުންނަ ނުވަތަ ދާއިމީކޮށް ކުރާ ހެޔޮ އަމަލެވެ."
މި ޙަދީޘްފުޅުން އެނގެނީ ބޮޑު ހެޔޮ އަމަލެއް އެއްފަހަރު ނުވަތަ މަދުން ކުރުމަށްވުރެ ކުޑަ ނަމަވެސް ހެޔޮ އަމަލެއް ކުރުންމަތީގައި ދެމިހުރުން މާމުހިންމު ކަމެވެ. ހެޔޮ އަމަލު ކުރާ މީހާ އެކަންކުރުން ހުއްޓައިލުމެއް ނެތެވެ.
"ޢަބްދުﷲ ބްނި އަމުރަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ. މިވެނި މީހަކު އަމަލުކުރިގޮތަށް އަމަލު ނުކުރުމަށެވެ. އެއީ ރޭގަނޑު ދަމު ނަމާދަށް ހޭލައި ނަމާދުކުރަން ފެށުމަށްފަހު އެކަން ހުއްޓައިލި މީހެކެވެ."
ބައެއް މީހުންނަކީ އިސްލާމް ދީނުގައި ކުރަން އޮތް ހުރިހާ ކަމެއް ކުރަން ބޭނުންވާ މީހުންނެވެ. ނަމަވެސް އެމީހުންނަކަށް އެކަންކަމުގައި ދެމިއެއް ނުތިބެވެއެވެ. އެފަދަ މީހުންގެ މިސާލަކީ އަލިކަން ހޯދުމަށްފަހު ހުޅުކޮޅެއް ރޯކުރުމަށްފަހު ނިވައިލާ މީހުންގެ މިސާލެވެ.
ޢިލްމު އުނގެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. ސުވަރުގެލިބުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ޢިލްމު އުނގެނެން ބޭނުންވާ މީހުންނަށް އޮތީ އެކަމުގައި ދެމިތިބުމެވެ. އެކަން ދޫކޮށްލުމެއް ނެތެވެ.
ޢިލްމު އުނގެނުމުން ކަންތައްތައްތަކެއް އެނގިގެންދެއެވެ. ނަމަވެސް އިލްމު އުނގެނުމަކުން ނުފުދެއެވެ. ޢިލްމު އުނގެނުމަށްފަހު އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރަން ޖެހެއެވެ. އެހެން މީހުންނަށް އުނގަންނައިދޭން ޖެހެއެވެ.
ވިސްނާށެވެ. އެހެން މީހުންނަށް ޢިލްމް އުނގަންނައިދިނުމަކީ ޒަކާތެކެވެ. އެންމެ މާތް މީހުންނަކީ ޢިލްމު އުނގެނި އެ ޢީލްމު އެހެން މީހުންނަށް އުނގަންނައިދޭ މީހުންނެވެ.
ގުޅުންހުރި ވީޑިއޯ:
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
10 ޑިސެމްބަރ 2017