އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަލު ބެލުމެއް ނެތެވެ. އޮތީ އިސްތިޚާރާ ކުރުމެވެ: ޑރ. ބިލާލް ފިލިޕްސް

ރަމަލު ބެލުމެއް ނެތެވެ. އޮތީ އިސްތިޚާރާ ކުރުމެވެ: ޑރ. ބިލާލް ފިލިޕްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މިއަދު ވަމުންދާ ގޮތް ފެނެއެވެ. މާޒީގައި ވީގޮތް އެނެގެން އެބައޮތެވެ. މީސްތަކުން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ވާން ހުރި ކަންކަން އެނގުމަށެވެ. އެއް ބޭނުމަކީ ކުރިމަތިވާން ހުރި މުޞީބާތްތައް ދެނެގަނެ އެކަންކަމުން ސަލާމަތްވުމެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

ވާންހުރި ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. ވާން ހުރި ކަމެއް އެނގޭނެ ގޮތެއް އިސްލާމް ދީނުގައި ހުއްދަ އޮތް ގޮތަކުން އެނގެން އޮތް ނަމަ އެކަމެއް ބަލަން މަސައްކަތްކުރުމަކީ އޮތް ކަމެކެވެ.

ޖިންނިން އެހުމުން ވައްކަން ކުރެއެވެ. ލިބޭ މައުލޫމާތުގެ ކުޑަމިންވަރެއް އެމީހުންގެ ބައިވެރިންނަށް ގެނެސްދެއެވެ. ނަމަވެސް ކުޑަ މިންވަރެއްގެ ތެދު ޚަބަރެއްގައި 100 ދޮގު ހިމަނައެވެ.

މުސްތަޤްބަލް އެނގޭ ކަމެއް ބުނާ މީހުން ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ކޮންމެވެސް ވާހަކައެއް ބުނެއެވެ. ރާހި ބަލައެވެ. ކޮންމެވެސް މޮޅު ވާހަކައެއް ބުނެއެވެ. މިއީ ބިރުވެރި ކަމެކެވެ.

ބައެއް މީހުން ރާއްސާއި އުފަންދުވަހާއި ގުޅުވައިގެން ނޫސްތަކުގައި ހުންނަ ލިޔުންތައްވެސް ޤަބޫލުކުރެއެވެ. ވިސްނާށެވެ. އެއީ ވެސް ހަމަ ރަމަލުބެލުމެވެ. ވާންހުރި ކަމެއް ހޯދަން ކުރެވޭ ކޮންމެ ކަމަކީ ޙަރާމް ކަމެކެވެ. އެފަދަ ކަމެއް ކޮށްފި ނުވަތަ ބަލައިގެންފި މީހާގެ އަޅުކަން 40 ދުވަސްވަންދެން މާތް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.

ވާންހުރި ކަމެއް އެނގެން ބޭނުންނަމަ އެކަމަށް މަސައްކަތްކުރަން އޮތްގޮތް ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ހަދީޘްފުޅު ކުރައްވަވާފައެވެ.
ކަމަކާއިމެދު ގޮތެއް ނިންމަން އުނދަގޫވެއްޖެނަމަ އޮތީ އިސްތިޚާރާ ކުރުމެވެ. އެކަމަށް އޮންނަ ދުޢާކުރުމެވެ. ނަމަވެސް ހަނދާނުގައި ބަހައްޓާށެވެ.

މީސްތަކުން ކުރުމަށް މާތް ﷲ އަންގަވާފައިވާ ނުވަތަ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް ކުރާނެތޯ ނުވަތަ ނުކުރާނެތޯ ބަލަން އިސްތިޚާރާ ކުރުމެއް ނެތެވެ. އިސްތިޚާރާ ކުރެވޭނީ އެނޫން ކަންކަމުގައި އަމިއްލައަށް ކަމަކާއިމެދު ގޮތެއް ނުނިންމިގެންނެވެ.

މިސާލަކަށް ކައިވެނި ކުރަންވީތޯ ނުކުރަންވީތޯ ބަލަން އިސްތިޚާރާ ކުރުމެއް ނެތެވެ. ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ކައިވެނިކުރަން ޙަދީޘްފުޅުކުރައްވައިފައެވެ. އަދި ހަމަ އެފަދައިން ރިބާ ހިމެނޭ ބޭންކެއްގައި މަސައްކަތްކުރާނީތޯ ބަލަން އިސްތިޚާރާ ކުރުމެއް ނެތެވެ. އެއީ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމަކަށްވާތީއެވެ.

ބައެއް މީހުން ދީނީ ޢިލްމުވެރިންގެ ކިބައިން އިސްތިޚާރާ ކޮށްދިނުމަށް އެދެއެވެ. ނަމަވެސް އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.

ނަމާދުކުރަންޖެހޭނީ އަދި ދުޢާކުރަންޖެހޭނީ ވެސް ތިބާއަމިއްލައަށެވެ. ތިބާގެ ފަރާތުން އެހެން މީހަކަށް ނަމާދެއް ނުކުރެވޭނެއެވެ. އަދި ދުޢާއެއްވެސް ނުކުރެވޭނެއެވެ. އެއީ ތިބާ އަމިއްލައަށް ކުރަންޖެހޭ ކަންކަމެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް







ކިޔުންތެރިޔާ 2017-12-17 23:19:31

އައްސަރިބަހާއި ސާބަސް. ވަރުބަލިކަމެއްނެތި ފައިދާކުރުވަނިވި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ތިޔަކުރާާ މަސައްކަތުގެ އަގު الله ގެއްލެނި ނުކުރައްވާނެ. جزاك الله خير


އަބްދުއްލަތީފް