އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޖީ ބިޝާމަށާ އޭޖީ އަނިލަށް ފައިދާކުރާނެ ޑރ. ބިލާލް ފިލިޕްސްގެ އިލްތިމާސް އެއް!'

ޕީޖީ ބިޝާމަށާ އޭޖީ އަނިލަށް ފައިދާކުރާނެ ޑރ. ބިލާލް ފިލިޕްސްގެ އިލްތިމާސް އެއް!'


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ޕީޖީ އާއިޝަތު ބިޝާމަށާއި އޭޖީ މުޙައްމަދު އަނިލް އަށާއި ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް އިލްތިމާސްއަކަށްވާފަދަ މެސެޖެއް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ކުރައްވައިފިއެވެ.

ޑރ. ބިލާލް ފިލިޕްސްގެ ޓްވީޓް ވިދާޅުވެފައިވަނީ އެހެން ކޮންމެ އެއްޗެއް ގެއްލުނު ނަމަވެސް ކަންބޮޑުނުވެ އެއްވެސް ޙާލެއްގައި އަތުން މާތް ﷲ ދޫވެގެންދިއަ ނުދިނުމަށެވެ. އަތުން ގެއްލިގެންދާ ކޮންމެ އެއްޗަކަށް ބަދަލުދެއްވަން މާތް ﷲ ކުޅަދުންވަންތަ ކަމަށާއި އަތުން މާތް ﷲ ބީވެގެން ހިނގައްޖެނަމަ ބަދަލެއް ނުލިބޭނެ ކަމަށެވެ.

ވަރަށް ކުރު ބަސްކޮޅެކެވެ. ނަމަވެސް އެ މަދު ބަސްކޮޅުގެ މާނައަށް ފުންކޮށް ވިސްނައިފިނަމަ އެތައް މިލިއަން ބަސްތަކެކެވެ.


މިއަދު މިއިވެނީ ޕީޖީ ބިޝާމް ވެސް ރާއްޖޭގައި އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިސްފައިވާކަން ޤަބޫލުފުޅުކުރެއްވި ވާހަކައެވެ. ބަންދުގައި ތިއްބެވި ބޭފުޅުން ދޫކޮށް، މިނިވަންކުރަން ފުލުހުންނަށް އެންގެވި ވާހަކައެވެ. އެކަން ނުކުރުމުން އިސްތިއުފާ ދެއްވަން އުޅުއްވި ވާހަކައެވެ. މައިތިރިކުރައްވަން ޢާއިޝަތު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެންނެވި ވާހަކައެވެ.

މިކަންކަމާއި ގުޅިގެން ރައްޔިތުންގެ ޝުޢޫރު ހުރި ގޮތަށް ބަލައިލުމުން އިވެނީ ވަރަށް ތަފާތު އަޑުތަކެކެވެ.

"އިސްތިއުފާ ދެއްވައިފިނަމަ ނިގޫ ފިއްތާލައިފާނެކަމުގެ ބިރު ދައްކަފާނެއެވެ. އުއްތަމަ ފަނޑިޔާރާއި ޖެހިގެން ހުރި ގޮޅި ދައްކާނެ ކަމުގެ ބިރުވެސް ދައްކަފާނެއެވެ. ނަމަވެސް މިއަދު އެދައްކާ ބިރަށްވުރެ މާދަމާ ކުރިމަތިލާންޖެހޭނެ ބިރު މާބޮޑުވާނެއެވެ. ދޫނިދޫ ގޮޅީގައި މަޑުކޮށްލަންޖެހޭ މަދު ދުވަސްކޮޅު އިހްސާސްކުރަންޖެހޭ ހޫނަށްވުރެ ނަރަކައިގެ ހޫނުކަން މާގަދަވާނެއެވެ. ދޫނިދޫ ގޮޅި އަކީ ވަގުތީ ކަމެކެވެ. ނަރަކައިގައި ހޭދަކުރަންޖެހޭނީ ކިހައި ދުވަހެއް ކަމެއް ނުއެނގޭނެއެވެ. ގަރުދިޔައާއި ބަތް އެއްކޮށްގެން ބާލިދީއެއްގައި ގެނައުމުން އެތަކެތި ކާން އުނދަގޫވެދާނެއެވެ. ނަމަވެސް ނަރަކައިގައި ކާންޖެހޭނީ ޒައްޤޫމެވެ. ބުއިމަކަސް ލިބޭނީ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ފާދިޔައާއި ދޮހެވެ. ކިތަންމެ ވަރަކަށް ބުއި ނަމަވެސް ކަރުހިއްކުން ނުވެސް ފިލާނެ މެއެވެ."

މި އަޑުތަކަށް ވިސްނައިލުމަކީ ބުއްދިވެރިކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް