އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންބޮޑުވާނަމަ ދުޢާކުރޭ - ދުޢާކުރާނަމަ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ- ޑރ. ބިލާލް ފިލިޕްސް

ކަންބޮޑުވާނަމަ ދުޢާކުރޭ - ދުޢާކުރާނަމަ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ- ޑރ. ބިލާލް ފިލިޕްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ބައެއް މީހުންނަށް ދުޢާކުރަން ވަގުތު އޮންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ކަންބޮޑުވެގެން އުޅޭނެ ވަގުތު އޮވެއެވެ. ކަންބޮޑުވާނަމަ ދުޢާކުރާށެވެ. ދުޢާކުރާ މީހާއަށް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

އެއިގެ މާނައަކީ ދުޢާކުރާ މީހާއަށް ކަންބޮޑުވާންޖެހޭ ކަންތައްތައް ކުރިމަތިނުވުމެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ކަންތައްތައް އެންމެންނަށްވެސް ކުރިމަތިވާނެއެވެ. ދުޢާކުރާ މީހާ އާއި ދުޢާ ނުކުރާ މީހާގެ ތަފާތަކީ ދުޢާކުރާ މީހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް މާޔޫސްވެގެން އުޅެން ނުޖެހޭނެ ކަމެވެ. ޑިޕްރެސަންގެ ހާލަތަށް ނުދާނެކަމެވެ.

ދުޢާކުރާމީހާ އަބަދުވެސް މާތް ﷲ އަށް ވަކީލް ކުރާނެއެވެ. މާތް ﷲ އަށް ވަކީލްކުރާ މީހާ އަބަދުވެސް ހުންނާނީ ފުދިގެންނެވެ. ދުޢާކުރާ މީހާ، އަބަދުވެސް ހުންނާނީ ކުރިމަތިވެފައިވާ މުޞީބާތުން މާތް ﷲ އެމީހާ ސަލާމަތްކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.

ވީމާ މުޞީބާތްތަކުން ސަލާމަތްވެ ހިތްހަމަޖެހުން ހޯދުމަށް އޮތީ ގިނަގިނައިން ދުޢާކުރުމެވެ. ދުޢާކުރުމަކީ އިތުރު މެދުވެރިއަކު މެދުވެރިކުރަންޖެހޭ ކަމެއް ނޫނެވެ. އަތުން އެއްވެސް ޚަރަދެއްވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫ ކަމަކަށްވެފައި އޮންނަނީ ދުޢާކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް