އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ދެއްވި މެސެޖެއް؟: އުންމީދު ދޫކުރުމެއް ނެތް - ރަސޫލުންވެސް އުންމީދު ދޫކޮށެއް ނުލައްވާ!: ޑރ. ބިލާލް ފިލިޕްސް

ރާއްޖެއަށް ދެއްވި މެސެޖެއް؟: އުންމީދު ދޫކުރުމެއް ނެތް - ރަސޫލުންވެސް އުންމީދު ދޫކޮށެއް ނުލައްވާ!: ޑރ. ބިލާލް ފިލިޕްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ކިތަންމެ ދަތި ހާލަތެއް ކުރިމަތިވި ނަމަވެސް އުންމީދު ދޫކޮށްލައިގެން ނުވާނެ ކަމަށާއި ރަސޫލު ބޭކަލުންވެސް އުންމީދު ދޫކޮށްލައްވަވާފައި ނުވާކަމަށް ޑރ. ބިލާލް ފިލިޕްސް ވިދާޅުވެއްޖެއެވެ.

ޑރ. ބިލާލް ފިލިޕްސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސާގެފާނާއި ނޫޙުގެފާނާއި އަދި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވެސް އެބޭކަލުންގެ އުންމީދު ދޫކޮށް ނުލައްވަވާ ކަމަށެވެ.

"އަބަދުވެސް ދުޢާކުރުންމަތީގައި ދެމިތިބޭ! ތިބާގެ އަޑު ﷲ އައްސަވައިވޮޑިގެންވާކަން ހަނދާނުގައި ބަހައްޓާ!"

މިމެސެޖާއިއެކު ޓްވީޓް ކުރެއްވި ފޮޓޯގައި ލިޔުއްވާފައިވަނީ "މިއަދު ތިބާއަށް ތަކުލީފްތަކެއް އުފުލަންޖެހިފައިވާނަމަ މާތް ﷲ އަށް އީމާންކަން ވަރުގަދަކޮށް މިއަދަށްވުރެ ރަނގަޅު މާދަމާއަކަށް އެދި ދުޢާކުރާށެވެ. މާތް ﷲ ގެ މަގުގައި ތިބާ ސާބިތުވެހުރި ނަމަ މުޢުޖިޒާތްތައް ފެންނާނެއެވެ."

މިއީ ރާއްޖޭގެ މިއަދުގެ ޙާލަތާއި ވަރަށް ގުޅުންހުރި ބަސްފުޅުކޮޅެއްކަން ފާހަގަކުރެވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް