އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރެއް ނުގަނޭތަ؟ ކޮންމެ 1000 އަކުން 999 މީހުން ނަރަކައަށް ދާނެ އިރު ތިބާ ތިހުރީ ސަލާމަތުންތަ؟

ބިރެއް ނުގަނޭތަ؟ ކޮންމެ 1000 އަކުން 999 މީހުން ނަރަކައަށް ދާނެ އިރު ތިބާ ތިހުރީ ސަލާމަތުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ކޮންމެ 1000 އަކުން 999 މީހުންނަށް ދާންޖެހެނީ ނަރަކައަށެވެ. ކީއްވެގެން ހެއްޔެވެ؟ މާތް ﷲ ގެ އަމުރުފުޅުތަކުގައި ސާބިތުވެ ނުތިބުމުންނެވެ. ޒަމާނީ މަގުތަކުގެ ގޮތުގައި ތަޢާރަފްވަމުން އަންނަ މަގުތަކުން ކުރިއަށް ދެވުމުންނެވެ. ސަރުކާރުތަކުން ހަދާ، މާތް ﷲ ގެ ޤާނޫނުތަކާއި ތަފާތު ޤާނޫނުތައް ބަލައިގަނެ އަމަލުކުރީތީއެވެ. ޙަރާމް ޙަލާލް އޮޅުވައިލީތީއެވެ.

މި ހަދީޘްފުޅު ޞަޙީޙް ބުޚާރީގައި 4 ފަހަރު އެބައޮތެވެ. "ޤިޔާމަތް ދުވަހު މާތް ﷲ މީސްތަކުން ނަރަކައަށް ގެންދެވުމަށް އަންގަވާނެތެވެ. އެ ހިނދު ކިތައް މީހުންތޯ އާދަމްގެފާނު ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި މާތްﷲ ވަހީކުރައްވަވާނެތެވެ. ކޮންމެ 1000 އަކުން 999 އެކެވެ."



ރިވާޔަތެއްގައިވެއެވެ. "ކޮންމެ 1000 މީހުންގެ ތެރެއިން 999 މީހުން ދާނީ ނަރަކައަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެކަން ބަޔާންކޮށްދެއްވެވުމުން ޞަހާބީންތައް ބިރުފުޅުން ތުރުތުރުއަޅައިގަތެވެ.

އެހިނދު ރަސޫލާ މުޙައްމަދު (ޞޢވ) ހިނިފުޅުވަޑުވައި ޙަދީޘްފުޅު ކުރެއްވެވިއެވެ. ތިއަ ބޭކަލުންގެ ތެރެއަކުން ނޫނެވެ. މުރާދަކީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ މީހުންގެ ތެރެއަކުން ނޫނެވެ."

މިހައި ގިނަ ބައަކަށް ނަރަކައަށް ދާން ޖެހެނީ ކީއްވެގެންހެއްޔެވެ؟ ވިސްނައިލާށެވެ. މާތްﷲ ޙަރާމް ކުރެއްވެވި ކޮންމެ ކަމެއްހެން މިއަދު މިވަނީ ޙަލާލްކޮށްފައެވެ. މިއިން ކަމަކާއިމެދު ކަންބޮޑުވެގެން އުޅޭ މީހަކު ނެތެވެ.

ވިސްނައިލާށެވެ. މާތް ﷲ ގެ ޙުކުމްފުޅުތަކަށް ފުރިހަމައަށް އަމަލުކުރާނަމަ އެ ޤައުމެއް ބަލައިގަންނާނެ ބައަކުވެސް މިހާރަކު ނެތެވެ. ނަތީޖާއަކީ އެންމެންހެން މަގުފުރެދިގެން ދިއުމެވެ. އެންމެންހެން މާތް ﷲ ގެ މަގު ދޫކޮށް އެހެން މަގުތަކުން ކުރިއަށް ދިއުމެވެ.

ޒަމާނީ ދުނިޔެ ކަމަށް ބުނެ އުޅެމުން މިދަނީ މާތް ﷲ ގެ މަގަކު ނޫނެވެ. އެމީހަކު ހިތަށްއެރިހައި ގޮތަކަށެވެ. ނަމަވެސް އަސްލަކީ ކޮބައިހެއްޔެވެ؟ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ މާތް ﷲ އަށެވެ. މާތް ﷲ އީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތެވެ. އެހެންވީމާ މާތް ﷲ ޙަރާމް ކުރެއްވެވި ކަމެއްނަމަ އެކަން އޮންނާނީީ ޙަރާމް ކަމެއްގެ ގޮތުގައެވެ. ޙަލާލް ކުރެއްވެވި ކޮންމެ ކަމެއް އޮންނާނީ ޙަލާލްކަމެއްގެ ގޮތުގައެވެ. މާތް ﷲ ގެ ޤާނޫނުން ބޭރުވާ ވަގުތުން ފެށިގެން އެމީހަކު އެހެރީ މަގުފުރެދިފައެވެ.

މިހާރު ރިބާއަކީ ކޮބައިކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެންމެންހެން މިވަނީ ރިބާއަށް ގެއްލި ނިމިފައެވެ. ރިބާ ހުއްދަކުރެވޭނެ ގޮތްތައް އެބަހުރިކަމަށް ބުނެ ތަފާތު ނަންތައް ކިއައިގެން އުޅުނު ނަމަވެސް ރިބާއަކީ ހަމަ ރިބާއެވެ. ރިބާ ޙަރާމެވެ. ޙަލާލެއް ނުކުރެވޭނެއެވެ.

"ރިބާ 70 ބައަށް ބެހިގެންދާނެކަމަށް ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިކަން އެނގޭހެއްޔެވެ؟ ރިބާ ހިމެނޭ އެއްވެސް މުޢާމަލާތެއް ކުރުމަކީ އަމިއްލަ މަންމަ އާ ކައިވެނިކުރުން ފަދަ ނުބައި ކަމެއްކަމަށް ޙަދީޘްފުޅު ކުރެއްވެވިކަން އެނގޭހެއްޔެވެ؟ ރިބާގެ މުއާމަލާތްތައް ކުރުމާއި އެފަދަ ކަމެއްގައި ހެކިވެރިއަކަށްވުމަކީ ވެސް ޙަރާމްކަމެއްކަން އެނގޭހެއްޔެވެ؟"

މާތް ﷲ ގެ އަމުރުފުޅުތަކާއި ޚިލާފަށް ދީނުގެ ބޮޑުން އުފައްދާ ކަންކަން ޤަބޫލުކުރުމަކީ ޝިރުކުކަމަށްވާއިރު ސަރުކާރުން ކަނޑައެޅީމާ ޝިރުކަކަށް ނުވާނީ ކިހިނަކުން ހެއްޔެވެ؟

ވިސްނާށެވެ. ދުނިޔޭގައި މީސްތަކުން އަމިއްލައަށް ހަދަމުން ގެންދާ ޤާނޫނުތަކަށް އަދި އުޞޫލުތަކަށް އަމަލުކުރުމަކީ ޝިރުކުކުރުމެވެ. މާތް ﷲ ގެ ޙުކުމްފުޅެއް ދޫކޮށްލުމަކީ ނުވަތަ މާތް ﷲ ގެ ޙުކުމްފުޅެއް ބަދަލުކުރުމަކީ ޝިރުކުކުރުމެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް